ކޮވިޑް- 19 އަކީ ކޮންޓުރޯލުނުވެ މުޅި ދުނިޔެއަށް ފެތުރެމުންދާ ވަބާއެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅައިފި

ފާއިތުވި ޑިސެންބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނި މުޅި ހަލުވިކަމާއެކު އެހެން ގައުމުތަކަށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) އަކީ ކޮންޓުރޯލުނުވެ މުޅި ދުނިޔެއަށް ފެތުރެމުންދާ ވަބާ (ޕޭންޑެމިކް) އެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފިއެވެ. މިކަން މިރޭ ހާމަކުރެއްވި އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރަޔޭސަސްއެވެ.

މި ވައިރަސް ވަނީ މުޅި ދުނިޔެއަށް ފެތުރުގެ ސަބަބުން ސިނާއަތްތައް މަޑެޖުމަކަށް އައިސް ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް އައިސް، މަދަރުސަތާތައް ބަންދުކުރަން ޖެހިފައި ވެއެވެ. އަދި ކުޅިވަރު މުބާރާތްކާއި، މުނިފޫހިފިލުވުގެ އެތައް ހަރަކާތެއް ފަސްކުރަން އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް ބޮޑު އަަސަރެއް ކޮށްފައި ވެއެވެ.

ކޮވިޑް- 19 ގެ ވަބާ 114 ގައުމެއްެގެ 1 ލައްކަ 18 ހާސް މީހަކަށް ޖެހި 4200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޑިރެކްޓަރ ޖެނެރަލް ގަބްރަޔޭސަސް ވަނީ ޑަބްލިޔުއެޗްއޯއިން އެ ޖަމްއިއްޔާ އެ ވަބާއާ ދެކޮޅަށް މަސައްކަތްކުރަމުން ދާކަން ހާމަކުރައްވާފައެވެ.

"އަހަރުމެން މިދަނީ ކޮންމެ ދުވަހަކު ގައުމުތަކަށް ގުޅާފައި އަވަސް، ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމުން. އަހަރުމެން ވާނީ ބާރަށް، ސާފުކޮށް (އަޑުއިވޭވަރަށް) ނުރައްކަލުގެ ރަނގަބީލު ޖަހާފައި." އޭނާ ވިދާޅުވިއެވެ.

"ހުރިހާ ގައުމަކަށްވެސް އަދި މި ވަބާގެ މިސުރާބު ބަދަލުކުރެވިދާނެ. އެއީ (ބަލި ޖެހިފައިވާ މީހުން) ދެނެގަނެ، ޓެސްޓުކޮށް، ފަރުވާދީ، އެކަހެރިކޮށް، އާއްމުން މި ބަލިން ސަލާމަތްވުމަށް އަވަަހަށް ހަރަކާތެރިކުރުވައިގެން." ޑިރެކްޓަރ ޖެެނެރަލް ގަބްރަޔޭސަސް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކުރި ގޮތުގައި މި ބައްޔާ ހަނގުރާމަކުރުމަށް ކުރީ ސަފުގައި މިހާރު ތިބީ އީރާނާއި އިޓަލީއެވެ. އިޓަލީގައި މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަަދު 827 އަށް އަރާފައި ވާއިރު، އީރާނުގައި ވަނީ 354 އަށް އަރާފައެވެ.

ކޮވިޑް- 19 ޖެހުނު މީހުންގެ އަދަދު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ހައިރާންކުރަނިވި ގޮތަކަށް އިތުރުވެފައި ވަނީ ޤަޠަރުގައެވެ. ކުރިން އެ ބަލީގެ 24 މީހުން ތިބި އެ ގައުމުގައި މިއަދު އިތުރު 238 މީހެއްގެ ގައި ބަލި ފެނި، މިހާރު އެ އަދަދު ވަނީ 262 މީހުންނަށް ބަދަލުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.