ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމާމެދު ކުރިއަށްއޮތް ދެތިން ދުވަހު ގޮތެއް ނިންމަވާނެ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބުރޫކް ޢަބްދުލްޢަޒީޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ ސަރުކާރުން އޮތް ކޮރޯނާ ނުވަތަ ކޮވިޑް 19 އިން ސަލާމަތްވާން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު އަލީ އާ ޙަވާލާދެއްވައި މަބުރޫކު ވިދާޅުވީ ހުރިހާކަމަކަށް ވެސް މިނިސްޓްރީން ވަނީ ތައްޔާރުވެފައި ކަމަށެވެ. ސްކޫލްތައް ބަންދު ކުރެއްވުމަށްފަހު ގެއްލިގެންދާ ދުވަސްތަކުގައި އަލުން ކުދިންނަށް ކިޔަވައިދޭނެ ގޮތާއި އެބައި ކަވަރު ކުރާނެ ހުރިހާ ގޮތްތަކެއް މިނިސްޓްރީން ގެންދަވަނީ ރާވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޫލްތައް ހުޅުވެން ދެތިން ދުވަހަށް ވެފައިވާއިރު ހުޅުވުމުގެ ކުރިން ސްކޫލްތައް ބަންދު ކުރުމާމެދު މިނިސްޓްރީން ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިނިސްޓަރ ގެ މޭޒުމަތީގައި ހުރިހާ ކާޑެއް އެބަހުރި،" އަޅުއްވަންޖެހޭ ކޮންމެ ފިޔަވަޅެއް ވަގުތުން އެޅުއްވޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް މަބުރޫކު ވިދާޅުވިއެވެ.
ނޫސްވެރުއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބުރޫކު ވިދާޅުވީ ކޮވިޑް 19 އާ ބެހޭ ގޮތުން ރާއްޖޭގެ އެލާޓުލެވެލް ދަށްކުރަން ސަރުކާރުން ނިންމަވާފައި ނުވާކަމަށެވެ. އަދި އިގްތިސާދަށްޓަކައި ސިޔާސީ މަގާމުތަކުގެ މީހުންގެ މުސާރަ ކުޑަރަން ވެއްޖެ ކަމަށްވާނަމަ އެކަމަށް އެންމެންވެސް މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންމަވެސް އަދި އެފަދަ ކަމެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑު 19 ގެ އަލާމާތްތައް ފެނިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ އުމުރުން ދުވަސްވީ މީހާއާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެމީހާ ދަރުމަވަންތައް ހޮސްޕިޓަލަށް ބަދަލުކުރީ ޑޮކްޓަރުންގެ ލަފާގެ މަތީން އޭނާ ގާތުން މޮނިޓަރ ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެމީހާއާއެކު އޭނާގެ އަންހެނުންވެސް ހޮސްޕިޓަކަށް ބަދަލު ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި އިތުރު ފަރުއެއް އަދި ދޭންޖެހޭ ހިސާބަށް ނުދާކަމަށް ވެސް ވިދާޅުވިއެވެ. މިހާރުވެސް ދަނީ ހާލަތު މޮނިޓަރ ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.
މަބުރޫކު ވިދާޅުވީ ކުރަމަތި އައިލެންޑަށް ޑޮކްޓަރުންގެ ޓީމެއް ދަތުރުކުރަމުންދާ ކަމަށެވެ. އެރަށުން ވަނީ ދެމީހަކު ޕޮޒިޓިވްވެފައެވެ. އެ ދެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގައެވެ. މިހާރު މޮނިޓަރ ކުރަމުން ދަނީ ތިން ރަށެއް ކަމަށާއި އެއީ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ބަތަލާއި، ކުރަމަތިއެވެ.
އޭނާ ވިދާޅުވީ ޢުމްރާއަށް ދިޔަ ބަޔަކު ދަތުރު ނިންމާފައި މިއަދު ރައްޖެއަށް އައިސްފައިވާ ކަމަށެވެ. އެއިން 50 އަށްވުރެ ގިނަ މީހުން މާލެގެނެސް ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭފްސީގައި ކުޅެން ރާއްޖެއިން ބަންގާޅަށް ދަތުރުކުރި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ސްރީލަންކާއި ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެޓީމުގެ ޙާލަތު ގާތުން ބައްލަވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.