ކުރިއަށް އޮތް ދެހަފްތާއަށް ރާއްޖެއަށް ބަންގްލަދޭޝް އިން އައުން ވެސް މަނާ ކޮށްފިއެވެ.
މިކަން ހާމަކޮށް ކޮށްފައިވަނީ ސިވިލް އެވިއޭޝަން އޮތޯރިޓީއިން ނެރުނު ސާކިއުލާގައެވެ.
މިފިޔަވަޅުއެޅީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންނެވެ. މިސާކިއުލާގައި ވާގޮތުން މާދަމައިން ފެށިގެން ކުރިއަށް އޮތް ދެހަފްތާ ވަންދެން ބަންގްލަދޭޝް އިން މީހުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފައެވެ. މިހާތަނަށް ރާއްޖެއަށް މީހުން އެތެރެ ވުން މަނާ ކޮށްފައިވަނީ ބަންގްލަދޭޝް ހިމަނައިގެން 5 ގައުމަކަށެވެ. އޭގެ ތެރެއިން އިރާން އިޓަލީ އަދި ބަންގްލަދޭޝްގެ އެއްވެސް ސަރަހައްދަކުން މީހުން އައުން ވަނީ މަނާ ކޮށްފައެވެ. އަދި ޗައިނާގެވެސް މެއިން ލޭންޑް އިން މީހުން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ. ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން މީހުން ރާއްޖެއައުން ވަނީ މަނާކޮށްފައެވެ. މިގައުމުތައް ނުވަތަ މިސަރަހައްދުތަކަކީ މިހާރު މިބަލި އެންމެ ހަލުވި ކަމާއި އެކު ފެތުރެމުންދާ ސަރަހައްދު ތަކެވެ.
ރާއްޖެއިން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގައި ވާގޮތުން މިގައުމު ތަކުގެ ރައްޔިތުންގެ ތެރެއިން ވެސް އެހެން ގައުމުތަކުގައި އުޅެ ނުވަތަ ފާއިތުވި 14 ދުވަހުގެ ތެރޭ އެ ސަރަހައްދަށް ނުވަތަ އެގައުމަށް ނުދާ މީހުން މިކަމުން އިސްތިސްނާ ވާނެއެވެ.
ރާއްޖެއިންވެސް މިހާތަނަށް 4 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. ދިވެހި ސަރުކާރުން ދަނީ އިތުރަށް ރާއްޖޭގައި މިބަލި ފެތުރިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.