ކޮވިޑް 19 އަށް އިތުރު ދެމީހަކު ރާއްޖެއިން ޕޮޒިޓިވް ވެއްޖެ އެވެ.
މިފަހަރު ޕޮޒިޓިވް ވެފައިވަނީ ސެންޑީޒް ބަތަލާ ރިސޯޓުން ކޯވިޑް-19އަށް ޓެސްޓުކުރި 3 ބިދޭސިންގެ ތެރެއިން ދެމީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެލްސީ (އެޗުޕީއޭ) އިން ވިދާޅުވިއެވެ. އޭގެ ތެރެއިން އެކަކުވަނީ އެބައްޔަށް ނެގެޓިވް ވެފައެވެ.
މި ދެމީހުން ފެނުމާއެކު ކޮވިޑް 19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 4 އަށް އޭރީއެވެ. މީގެ ކުރިން ވެސް ޕޮޒިޓިވް ވެފައިވަނީ ދެ ބިދޭސީންނެވެ. އެމީހުން ފެނިފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. މިއާއެކު އެރިސޯޓުގައި 93 މީހުން ވަނީ ރޫމް އައިސޮލޭޝަންގައި ބައިތިއްބައިފައެވެ.
"ސެންޑީޒް ބަތަލާ ރިސޯޓުން ކޯވިޑް-19އަށް ޓެސްޓުކުރި 3 ބިދޭސިންގެ ތެރޭން އެކަކުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު 2 މީހެއްގެ ނަތީޖާ ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި،" އެޗިޕީއޭ އިން ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އެޗުޕީއޭއިން ވިދާޅުވެފައިވަނީ އަދިވެސް އެމީހުންތިބީ ކަރަންޓީނު ފެސިލިޓީގައި ކަމަށެވެ. އަދި އެމީހުންނަށް މޮނިޓަރ ކުރުމާއި ފަރުވާކުރުން ކުރިއަށްދާ ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ.
މިބަލިން ރައްކާތެރިވުމަށް ޑޮކްޓަރުންނާއި އެޗުޕީއޭއިން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރެއްވުމަށް ސަރުކާރުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. މިކަމުން ސަލާމަވުމަށް ވީހާ ވެސް ގިނައިން ސައިބޯނިލައިގެން އަތްދޮވުމަށް އެޗުޕީއޭއިން ގެންދަވަނީ ކެނޑިނޭޅި އިލްތިމާސް ކުރައްވަމުންނެވެ.
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް ރާއްޖޭގައި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް ކަމަށެވެ. އެހެން ކަމުން ރައްޔިތުން ކަންބޮޑު ނުވެ ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވައިފައެވެ.
Mivaguthu siyaasee ehvunthah madujahsaalumakee varah muhihmu kameh adhi local council inthikhaabuves faskohlumakee kohmehennves kuranjehey kameh sababakee inthikhaabuge Kankan fasnukuraahaa hin,dhaku meehun ehthanvumeh nuhuhtuveyne