ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ޕްރީއޯޑަރ ކުރުމަށް އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހުޅުވާލައިފިއެވެ. އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ ޕްލޭންތަކެއް ވެސް އުރީދޫ އިން ވަނީ ތަޢާރަފް ކޮށްފައެވެ.
މީގެ ތެރޭގައި އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކު އެންމެ 1058.33 ރުފިޔާ ދެއްކެވުމަށްފަހު، އެންމެފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓާލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނޭ ކަމަށް އެކުންފުނީން މައުލޫމާތު ދެއްވިއެވެ.
މި އޮފަރގެ ތެރެއިން ބައްލަވައިގަންނަވާ ކސެމްސަންގް ގެލެކްސީ އެސް 20 ސީރީޒް ގެ ކޮންމެ ފޯނަކާއެކު، ކޮންމެ މަހަކު 2020 އެމް.ބީ ހިލޭ ޑޭޓާ މި އަހަރުގެ ނިޔަލަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވާ ސެމްސަންގް ގެލެކްސީ އެސް 20+ ގެ ކޮންމެ ފޯނަކާއެކު ގެލެކްސީ ބަޑްސް މުޅިން ހިލޭ ލިބިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ބައްލަވައިގަތުން ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްސަ ޕޭމަންޓް ޕްލޭންތަކެއްވެސް ވަނީ ހަމަޖެހިފައެވެ.
ފުލް ޕޭމަންޓް ޕްލޭން
މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، މަހަކު 2020 އެމް.ބީ ޑޭޓާ މިއަހަރުގެ ނިޔަލަށް ހިލޭ ލިބިގެންދާނެއެވެ.
އަގު (ރފ.) | ކެޕޭސިޓީ | ހޭންޑްސެޓް |
15,499 | 128 ޖީބީ | ސެމްސަންގް ގެލެކްސީ އެސް 20 |
17,199 | 128 ޖީބީ | ސެމްސަންގް ގެލެކްސީ އެސް 20+ |
މަންތުލީ އިންސްޓޯލްމަންޓް ޕްލޭން
ކޮންމެ މަހަކު އެންމެ 1,058.33 ރުފިޔާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަވައިގެން ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަތުމުގެ ފުރުސަތު މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ޕްލޭންގެ ދަށުންވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ވިދާޅުވެފައިވެއެވެ.
އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމަރސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއި އެކު ސެމްސަންގް ގެލެކްސީ ގެ މި އާ ޑިވައިސްތަކަށް ޕްރީ އޯޑަރ ކުރެއްވޭނެއެވެ.