"އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށައިފި

"އުރީދޫ ވޯލްޑް ކަޕް ފޯރި" ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.

މިއީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ފޯރިއާއި އެކު ވަރލްޑް ކަޕް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ.

މި ކެމްޕޭން ފެށުމުގެ ގޮތުން ޓީމް އުރީދޫ އާއި ޓީމް ހާޑް ރޮކް ހޮޓެލް ގެ ފަރާތުން ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.

ކްރޮސްރޯޑް މޯލްޑިވްސް ގައި ކުރިއަށްދިޔަ މި ކިކް އޮފް އިވެންޓްގައި މި ހަފްލާ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހުލޫފު އެވެ. މި ހަފްލާގައި ފެށިގެންދިޔައީ  ވަރލްޑް ކަޕް 2022 ގެ އޮފިޝަލް މެޗް ބޯޅަ "އަލް ރިހްލާ" ބޯޅައިގައި މިނިސްޓަރ ޖެއްސެވި ކިކާ އެކުގައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ، ޚާލިދު އަލް ޙަމާދީ ވިދާޅުވީ އުރީދޫ ވަރލްޑް ކަޕް ރަސްމީކޮށް މި ލޯންޗްކުރީ ހާރޑް ރޮކް ހޮޓެލް އާއި އެކު ކުޅެވުޅު އެކުވެރިކަމުގެ ފޯރިގަދަ ފުޓްސަލް މެޗަކުން، ނަމަވެސް މިއީ ހަމައެކަނި ފެށުމެއް ކަމަށެވެ. އެގޮތުން މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ޚާއްޞަ ފުރުސަތުތަކާއި ހަރަކާތްތައް ރޭވިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެންގެ އަމާޒަކީ ވަރލްޑް ކަޕް ގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން." ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

މީގެ އިތުރުން ވަރލްޑް ކަޕް ފުޓްބޯޅަ ސީޒަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ކުލަގަދަ އަދި ފޯރިގަދަ ވަގުތުތަކަކަށް ހެދުމަށް އުރީދޫ މޯލްޑިވްސް އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަޤީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

މި ހަފުލާގައި ވަނީ ހަބޭސް ބޮޑުބެރު ގްރޫޕާއި ރާއްޖޭގެ ރެޑްބުލް ފްރީ ސްޓައިލް ޗެމްޕިއަން މުހައްމަދު ސައިފް ޒާހިރުގެ ޚާއްޞަ ހަރަކާތްތަކެއް ވެސް ހުށަހަޅާދީފައެވެ.

ފީފާ ވަރލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ގޮތުގައި އިއުލާނުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އުރީދޫ ގްރޫޕުން ފީފާ އަދި ވަރލްޑް ކަޕް 2022 އަށް ދޭ މި ވަރުގަދަ އެއްބާރުލުމާ އެއްގޮތްވާގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން ވެސް ރާއްޖޭގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ކުލަގަދަ އަދި އުފާވެރި ފުޓުބޯޅަ ފެސްޓިވަލެއް ތަޖުރިބާކުރުމުގެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ވަނީ މަސައްކަތް ފަށާފައެވެ.

ފީފާ ވަރލްޑް ކަޕް ގަތަރު 2022 ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ އިން 18 ޑިސެމްބަރ 2022 އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.