ރައީސް ޔާމީންގެ ޞިއްޙީ ޙާލުކޮޅާ ބެހޭގޮތުން ޑޮކްޓަރު ދެއްވި ލަފާ ވާނީ ޢާއިލާއާ ޙިއްސާ ކުރެވިފައި: ޢިމްރާން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޞިއްޙީ ޙާލުކޮޅާބެހޭ ގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރުވަނީ އެމަނިކުފާނުގެ ޢާއިލާއާ ޙިއްސާ ކުރައްވައިފައި ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ ޖަލަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށްފަހު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި މިނިސްޓަރ ޢިމްރާން ވިދާޅުވެފައިވަނީ ރައީސް ޔާމީނާ ބައްދަލު ކުރައްވައި އެމަނިކުފާނަށް ޑޮކްޓަރުން ދެއްވާފައިވާ ޞިއްޙީ ލަފައާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އައިޖީއެމްޗުގައި އެޑުމިޓް ކުރައްވައިގެން ރައީސް ޔާމީނަށް ވަނީ ވަރަށްފަހުން ފަރުވާ ދެއްވައިފައެވެ.

މިނިސްޓަރ ޢިމްރާން މާފުށީ ޖަލަށް އިއްޔެ ވަޑައިގެންނެވީ އެތަނުގެ ޙާލަތު ގާތުން ބެއްލެވުމަށް ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. މި ޒިޔާރަތުގައި ރައީސް ޔާމީނާ ބައްދަލު ކުރައްވައި އެމަނިކުފާނުގެ ކަންބޮޑުވުންތައް ވެސް އޮޅުން ފިލުއްވެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.