ދެ ރަށެއްގައި ފެނަކަ އޮފީސް ޢިމާރާތް ކުރުމަށް، އެއްބަސްވުމެއްގައި ސޮއިކޮށްފި

ދެރަށެއްގައި ފެނަކަ ކޯޕަރޭޝަންގެ އޮފީސް ޢިމާރާތް ކުރަން ޙަވާލުކޮށްފިއެވެ.

ފެނަކަ އޮފީސް ޢިމާރާތް ކުރަން ނިންމާފައިވަނީ ށ. މިލަންދުއާއ، ގއ، ގެމަނަފުށީގައެވެ. މިލަންދޫގައި އަލަށް އިމާރާތް ކުރާ އޮފީސް މަސައްކަތް ޙަވާލުކޮށްފައިވަނީ  ވެހިކޯން ބިލްޑަރސް ޕްރައިވެޓު ލިމިޓެޑާއެވެ. ގެމަނަފުށީ އޮފީސް ޢިމާރާތް ޙަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑާއެވެ.

މި ދެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ.

ގެމަނަފުށީގައި އޮފީސް އެޅުމަށް ޙަވާލުކޮށްފައިވަނީ 1.9 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ 120 ދުވަހެވެ. މިލަންދޫގައި ޢިމާރާތް ކުރާ އޮފީސް މަސައްކަތް 305 ދުވަސްތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވަނީ 9.58 މިލިއަން ރުފިޔާއަށެވެ.

ފެނަކަ ކޯޕަރޭޝަނުން އިއްޔެވެސް ވަނީ ލ. ފޮނަދުއާއި ނ. ޅޮހީގައި އެކުންފުނީގެ އޮފީސް ޢިމާރާތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފައެވެ. ޅޮހީގައި އޮފީސް ޢިމާރާތެއްގެ އިތުރުން އައު އިންޖީނުގެއެއް އެޅުމަށްވެސް އިއްޔެވަނީ އެއްބަސްވެ ސޮއިކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.