ކުރިއަށް އޮތް ލޯކަލް ކައުންސިލް އިތިޚާބުގައި އެމްޑީޕީ ފިޔަވައި އިތުރު އެއްވެސް ޕާޓީއަކަށް ތާއީދެއްނެތް ކަމަށް އެޕާޓީގެ ރައީސް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ ލޯކަލްކައުންސިލް އިންތިޚާބަށް އެޕާޓީން ވަމުން ގެންދަވާ ތައްޔާރީތަކާބެހޭ މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މިހާރުވަނީ ވަރަށް ބޮޑަށް އިންތިޚާބަށް ތައްޔާރުވެފައި ކަމަށެވެ. އަދިވެސް ގެންދަވަނީ ތައްޔާރުވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަންކަމަށް ރިއާޔަތް ކުރައްވާއިރު އެމްޑީޕީ ފިޔަވައި އިތުރު އެއްވެސް ޕާޓީއަކަށް އެންމެ ގޮނޑިއެއްވެސް ލިބުުގެ ފުރުސަތު ވަރަށް ކުޑަކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ގޮނޑިއެއް ކާމިޔާބުކުރެވޭނެހާ ތާއިދެއް އެހެން އެއްވެސް ޕާޓީއަކަށް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މި އިންތިޚާނުގައި މާލޭ ސިޓީގެ 18 ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި މޭޔަރުގެ ގޮނޑި ވެސް ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮނޑިއަށް ކުރީގެ މިނިސްޓަރ މުޙައްމަދު މުއިއްޒު ވެސް ވަނީ ކުރިމަތިލައްވައިފައެވެ. އޭގެ އިތުރުން ކުރީގެ މެމްބަރ އަލްހާން ފަހުމީވެސް ވަނީ ކުރިމަތި ލައްވައިފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި އެގޮނޑީގެ ޓިކެޓު ކާމިޔާބު ކުރެއްވީ އެޕާޓީގެ ސެކްރެޓަރީޖެނެރަލް އަނަސް އެވެ.
މި އިންތިޚާބުގައި 982 ގޮނޑި އަށް ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ އޭގެ ތެރެއިން 877 ގޮނޑިއަށް އެމްޑީޕީން ވާދަކުރައްވައެވެ.
Aharemen hairaaneh nuvey.Fahu zamaanuge alaamaatheh thee in,gey..nubayah gina meehun dhoalhuvaa goiy vaane fahah dhaavarakah