އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ދީފައިވާ ސުންގަނޑިއަށް ސަމާލުވޭ: އީސީ

ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ މީހުން އެޕްލިކޭޝަން ހުށަހެޅުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިންދީފައިވާ ސުންގަޑިއަށް ސަމާލުވުމަށް އެކޮމިޝަނުން އެދިވަޑައިގެންފިއެވެ.

ލޯކަލް ކައުމްސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި ފޯމުހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާނީ ފެބުރުއަރީ 20 ގައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް އެދި ފޯމުހުށަހަޅަން ދީފައިވާ މުއްދަތު ހަމަވާނީ ފެބުރުއަރީ 24 ގައި ކަމަށް ވެސް އީސީން ވިދާޅުވިއެވެ.

ލޯކަލްކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި މިހާތަނަށް ހުށަހަޅާފައިވަނީ 141 ފޯމެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް އެދި މިހާތަނަށް ހުށަހަޅައިފައިވަނީ 50 ފޯމު ކަމަށް ވެސް އީސީން ވިދާޅުވިއެވެ. "އެޕްލިކޭޝަން ހުށަހެޅުމުގައި ކަނޑައެޅިފައިވާ ސުންގަޑިއަށް ސަމާލުވުމަށް ދަންނަވަން،" އީސީން ވިދާޅުވެފައިވެއެވެ.

އީސީއަށް ފޯމު ހުށަހެޅުމަށް ގޮސް ބައެއް އާމުން އެތަނުގެ މުވައްޒަފުންނަށް އިންޒާރުދީ ބިރުދައްކާ މައްސަލައެއް އީސީން މިއަދު ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އީސީން ވިދާޅުވެފައިވަނީ އެގޮތަށް ބިރުދެއްކުމަކީ އެތަނުން ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ. އެފަދަ މީހުންނާމެދު ޤާނޫނީ ފިޔަވަޅުއަޅުއްވާނެ ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.