ރާއްޖޭގައި ކަޝްމީރް ސޮލިޑަރިޓީ ޑޭ ފާހަގަކޮށްފި

ކަޝްމީރުގެ ވަހުދަތުގެ ދުވަސް (ކަޝްމީރް ސޮލިޑަރިޓީ ޑޭ) ފާހަގަ ކުރުމުގެ ގޮތުން ރޭ ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަންގައި ހަފްލާއެއް ބާއްވައިފިއެވެ. މިއީ ކޮންމެ އަހަރަކު ފެބްެުއަރީ މަހުގެ 5 ވަނަ ދުވަހު ފާހަގަ ކުރާ ދުވަހެކެވެ.

ޕާކިސްތާން ހައި ކޮމިޝަނުން މައުލޫމާތު ދެއްވައިފައިވާ ގޮތުގައި މިއީ "އިންޑިއާއިން ހިސާރުކޮށްގެން އުޅޭ" ކަޝްމީރުގެ ރައްޔިތުންނާ އެކީގައި ޕާކިސްތާނު ފަޅީގެ ކަޝްމީރާއި ސަރުކާރު އޮތްކަން ދެއްކުމުގެ ގޮތުން ފާހަގަ ކުރާ ޚާއްސަ ދުވަހެކެވެ. ކަޝްމީރަކީ އިންޑިއާއި ޕާކިސްތާނާ ދެމެދު ދެބަސްވުން އުފެދިފައި އޮންނަ ތަނެކެވެ. އިންޑިއާ ދެކެނީ ކަޝްމީރުގެ ޕާކިސްތާނު ފަޅިއަކީ "ހިސާރުކޮށްގެން އުޅޭ" ސަަހައްދެއް ކަމުގައެވެ.

މި ހަފްލާގައި ޕާކިސްތާނުގެ ފަރާތުން ރާއްޖޭގައި ހުންނަވާ އެކްޓިންގ ހައި ކޮމިޝަނަރ ޒުލްޤަރްނައިން އަޙްމަދު ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑިއާގެ އަނިޔާވެރިކަމާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ވަމުންދާ ޤުރްބާނީ އަބަދުވެސް ޕާކިސްތާނުން ފާހަގަ ކުރާނެއެވެ. އަލިފުދާލުގެ ގަރާރުތަކާ ދެކޮޅަށް އިންޑިއާއިން ލާއިންސާނީ އެތައް އަމަލެއް ހިންގާފައިވާ ކަމަށް ވިދާޅުވެ އެކަން ކުށްވެރިވެސް ކުރެއްވިއެވެ. އަދި އަލިފުދާލުގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރު މިނިވަން ވާންދެން ޕާކިސްތާނުގެ އަޚްލާޤީ، ސިޔާސީ އަދި ޑިޕްލޮމެޓިކް އެހީތެރިކަން ދޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަފްލާގައި ކަޝްމީރުގެ އިންޑިއާ ފަޅީގެ މައްޗަށް ހަދައިފައި އޮތް ޑޮކިއުމެންޓަރީ ފިލްމެއް ދެއްކިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.