ޗައިނާގައި ތިބި ދިވެހީން ރާއްޖެ އައުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރީ ދެ މީހުން: ޝާހިދު

ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު

ޗައިނާގައި ތިބި ދިވެހީންގެ ތެރެއިން މޯލްޑިވިއަން މެދުވެރިކޮށް ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ރައީސް ދެއްވި ފުރުސަތުގައި އެމްބަސީގައި ރަޖިސްޓްރީ ކުރީ އެންމެ ދެމީހުން ކަމަށް ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ ޗައިނާގެ ވުހާން ސިޓީ ފިޔަވައި އެހެން ސިޓީތަކުގައި ތިބި ދިވެހީން ސަރުކާރުގެ ޚަރަދުގައި ރާއްޖެ އައުމަށް ރައީސް ދެއްވި ފުރުސަތުގެ ބޭނުން ހިފަން ނަންނޯޓުކުރި ދެ މީހުންގެ ތެރެއިން އެކަކުވަނީ ފަހުން އެފުރުސަތު ދޫކޮށްލައިފައި ކަމަށެވެ. އެފުރުސަތުގެ ބޭނުން ހިފަން މިހާރު ނިންމާފައިވަނީ އެންމެ މީހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ އަދި ވެސް އެފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށެވެ. ވުހާން ފިޔަވައި ފަސް ސިޓީއަކުން ރާއްޖެއަށް އާދެވޭނެ ކަމަށެވެ. ޗައިނާގައި މިހާރު 47 ދިވެހީން އެބަތިއްބެވެ. ޗައިނާގައި ތިބި ދިވެހީންގެ ތެރެއިން 7 މީހަކު މިހާރުވަނީ އިންޑިއާއަށް ގެންގޮސްފައެވެ. އެމީހުން ރާއްޖެ ގެންނާނީ އެމުއްދަތު ނިންމައިފައެވެ. އެހެންނަމަވެސް އެ މުއްދަތަކީ ކޮބައިކަމެއް އެނގިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.