މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ ގޮނޑިތައް އެމްޑީއަށް ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމަކީ އައްޑޫގެ ކުރިމަގަށް ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށް އައްޑޫސިޓީގެ މިހާރުގެ މޭޔަރ އަބްދު ﷲ ސާދިގު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރާ ވާދަކޮށް ބަލިވެ ވަޑައިގެންނެވުމުން ނިޒާރަށް މަރުހަބާ ވިދާޅުވެއް ޢަބްދުﷲ ސާދިގު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ހިތްވަރާއެކު އެމްޑީޕީއަށް މިގޮނޑިތައް ކާމިޔާބު ކުރުމަށް އަތުކުރި އޮޅާލައި މަސައްކަތް ކުރުމަކީ އައްޑޫގެ ކުރިމަގަށް ކޮންމެހެން މުހިންމުކަމެއް،" ކަމަށެވެ.
މި ޓުވީޓުގައި މޭޔަރ ވަނީ އައްޑޫގެ އިންތިޚާބީ އެކިދާއިރާތަކުން އެމްޑީޕީ ޓިކެޓު ކަށަވަރު ކުރެއްވި ކެންޑިޑޭޓުންނަށް ވެސް މަރުހަބާ ވިދާޅުވެފައެވެ. ހުރިހާ އެންމެންވެސް ހިތްވަރުގަދަކޮށް ނުކުމެ އެމްޑީޕީއަށް ގޮނޑިތައް ކާމިޔާބު ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.
އިއްޔެގެ ޕްރައިމަރީ ވަނީ މިހާރުގެ ތިން މޭޔަރުންނަށް ވެސް ނާކާމިޔާބުވެވަޑައިގެންފައެވެ. އެއީ މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދާއި، ފުވައްމުލަކު ސިޓީގެ މޭޔަރ އަބްދުﷲ ފަލާހާއި، އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގެވެ.
ޕްރައިމަރީގައި މާލޭގެ މޭޔަރު ކަމުގެ ޓިކެޓް ޝިފާއާ ވާދަކުރައްވައި ހޯއްދެއްވީ އެމްޑީޕީގެ ސެކްރެޓަރީޖެނެރަލް އަންސް އަބްދުއްސައްތާރެވެ. ފުވައްމުލަކު ސިޓީގެ ޓިކެޓު ފަލާހާ ވާދަކުރައްވައިގެން ކަށަވަރު ކުރެއްވީ އިސްމާއީލް ރަފީގެވެ. އައްޑޫގެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓު ސޯބެއާ ވާދަކުރައްވައިގެން ހޯއްދެވީ އަލީ ނިޒާރެވެ.
Holhi vaahaka nudhakkabala.miveehaa thanavves thigon'dithakuga thibee thi olheege meehun.veekameh kobaa