އެމްޑީޕީ ޕްރައިމަރީއަށް ފޯމުގެ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ

މިއަހަރު ބާއްވާ ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ދީފައިވާ މުއްދަތު މިއަދު ހަމަވާނެއެވެ.

މި މުއްދަތުހަމަވާނީ މިއަދު ހަވީރު 6:00 އަށެވެ. މިއަދު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 އިން 6:00 އަށް ކަމަށް ވެސް އެމްޑީޕީން ވިދާޅުވެފައިވެއެވެ.

ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީމަހު 31 ވަނަ ދުވަހުއެވެ. އެމްޑީޕީން ނިންމާފައިވަނީ ހުރިހާ ދާއިރާއަކަށް ވެސް ކުރިމަތި ލުމަށެވެ. ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ގެންދަނީ ފޯމުތައް އެމްޑީޕީއަށް ހުށަހަޅަމުންނެވެ.

މިފަހަރުގެ ލޯކަލްކައުންސިލް އިންތިޚާބުގައި 372 އަންހެނުން އިންތިޚާބު ކުރާނެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލްގެ 33 ޕަސެންޓު އަންހެނުންނަށް ދޭންޖެހެއެވެ. އެހެންކަމުން އީސީން މިހާރުވަނީ ސިޓީތަކަށް އަންހެނުން ވާދަކުރާނެ ދާއިރާތައް ވެސް ކަނޑައަޅައި ނިންމައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.