ހާލުގައި ޖެހުނު މަސްބޯޓު ހުޅުމާލެއަށް ގެނެސްފި

އިންޖީނު ހުއްޓި ހާލުގައި ޖެހުނު ސްރީލަންކާގެ މަސްބޯޓު މިއަދު ހެނދުނު 6:10 އެހައިކަންހާއިރު ހުޅުމާލެއަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެބޯޓު ހުޅުމަލެއަށް ގެނެސްފައިވަނީ ކޯސްޓުގާޑުގެ އެހިތެރިކަމާ އެކުގައި ކަމަށެވެ. އެބޯޓު ހާއލުގައި ޖެހުނިއިރު އޭގައި 6 މީހުން ތިއްބެވެ. އެ އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބޯޓު ހުޅުމާލެއަށް ގެނެސްފައިވަނީ ކ. ދިއްފުށީ އިރު އުތުރުން 58 ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށްނެވެ.  މިބޯޓަށް އެހީތެރިވުމަށް ދިޔައީ އެމްއެންޑީއެފްގެ ނޫރައްދީން ލޯންޗެވެ.

އެ ބޯޓު ހާލުގައި ޖެހިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހަވީރު 5:00 އެހައިކަންހާއިރު އެވެ.  ފުރަތަމަ ރިޕޯޓް ލިބުނުއިރު، އެ ބޯޓު އޮތީ މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުގައެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނިޓަރ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.