ތުރުކީގައި ނައިޓް ކްލަބަށް ދިން ހަމަލާ ދޭން ރޭވީ އެހެން ތަނަކަށް: ތުރުކީ މީޑިއާ

ޑިސެމްބަރު އެއްތިރިސްވަނަ ދުވަހުގެ ރޭ ބަޑީގެ ހަމަލާތަކެއް އަމާޒުވި ތުރުކީގެ ރައީނާ ނައިޓްކްލަބް އަކީ ހަމަލާދިމުމަށްފުރަތަމަ ކަނޑައެޅުނު ތަން ނޫންކަމަށާ ، ނައިޓްކްލަބް އިޚްތިޔާރު ކުރެވުނީ ކުއްލި ނިންމުމެއްގެ ތެރޭންކަމުގައި އެހަމަލާ ދިންމީހާ ބުނެފައިވާކަމަށް ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. މިހާރު ތުރުކީ ފުލުހުން އަތުލައިގެންފައިވާ އަބްދުލްޤާދިރު މަޝާރިޕޯވ އާހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އޭނާޔަށް ފުރަތަމަ އޯޑަރު އައިސްފައިވަނީ ތަކްޝިމް ސްކްޔަރ ގެ ތަނަކަށް ހަމަލާ ދިނުމަށެވެ. ނަމަވެސް އެތަނުގެ ސަލާމަތީކަންކަން ވަރުގަދަ ކަމުން އެތަނަށް ހަމަލާ ނުދެވުނީ ކަމަށް އޭނާތަހުގީގުގައި ބުނެފައިވާކަމަށް ހުއްރިއްޔަތު ނޫހާ ހަވާލާދީ ބީބީސީ ޚަބަރުދެއެވެ .

އުޒްބަކިސްތާންގެ ރައްޔިތެއްކަމަށްވާ އަބްދުލްޤާދިރު މަޝާރިޕޯވް އަތުލައިގެންފައިވަނީ ތުރުކީ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަން އެއްގައި ހޯމަދުވަހުގެ ރޭގައެވެ. އޭނާ ބުނިކަމަށް ހުއްރިއްޔަތު ނޫސް ރިޕޯޓްކުރާގޮތުގައި އޭނާޔަށް އޯޑަރު އައިސްފައިވަނީ އައިއެސް ޖަމާއަތުގެ ބާރު އޮންނަ ސޫރިޔާގެ ރައްޤާ އިންނެވެ . އައިއެސްޖަމާއަތުން ވަނީ އެހަމަލާގެ ޒިންމާ އުފުލާފައެވެ .

އަބްދުލްޤާދިރު މަޝާރިޕޯވ ތަހްގީގުގައި ދިންބަޔާނުގެ މައުލޫމާތު ހުއްރިއްޔަތު ނޫހަށް ލިބިފައިވަނީ ކިހިނެއްކަން ނޭގޭ ކަމަށް ބީބީސީ ބުނެއެވެ .

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.