އިތުރު މީހެއްގެ ގައިން ހިމަބިހި ފެނިއްޖެ

އައިޖީއެމް ހޮސްޕިޓަލް

އިތުރު މީހެއްގެ ގައިން ހިމަބިހި ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. މިފަހަރު ހިމަބިހި ޖެހުނު މީހާގެއް މާބޮޑު ތަފްސީލެއް އެޗުޕީއަކުން ނުދެއްވައެވެ.

ހިމަބިހި މިފެނުނު މީހާއާއެކު ޖުމްލަ ތިން މީހެއްގެ ގައިން މިބަލި މިވަނީ ފެނިފައެވެ. މިބައްޔަށް ޝައްކުކުރެވޭ މީހުން ޓެސްޓުކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. މީހަތަނަށް 10 މީހަކު ވަނީ ޓެސްޓުކޮށްފައެވެ. އޭގެތެރެއިން ޕޮޒިޓިވް ވެފައިވަނީ އެކެކެވެ. ހުންއައިސްގެން ޑޮކްޓަރަށް ދައްކާމީހުން ވެސް އެބައްޔަށް ޓެސްޓް ކުރަމުންދެއެވެ. އެގޮތަސް ހަދަނީ ބަލިނެތްކަން ޔަގީން ކުރުމަށެވެ.

ސަރުކާރުން މިހާރުވަނީ ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފައެވެ. ޚާއްސަކޮށް އެންމެފުރަތަމަ ހިމަބިހި ފެނުނު ސަރަހައްދުގައި އިއްޔެ ހަވީރުން ފެށިގެން އެޗުޕީއޭގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.