ހިމަބިހީގެ އިތުރު ކޭސް އަކާއި ބައްޔަށް ޝައްކުކުރެވޭ އިތުރު ފަރާތެއް ފެނިއްޖެ: އެޗްޕީއޭ

ހިމަބިހީގެ އިތުރު ކޭސް އަކާއި ބައްޔަށް ޝައްކުރެވެ އިތުރު ފަރާތެއް ފެނިއްޖެ ޖަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ އިން ހާމަކޮށްފިއެވެ. އެޗްޕީއޭ އިން މިކަން ހާމަކުރީ ޓުވިޓަރ މެދުވެރިކޮށެވެ.

މިމަހުގެ ކުރީ ކޮޅުވެސް ހިމަބިހއްސަށް ޝައްކުކުރެވޭ ކޭސް އެއް ފެނި، ކުރެވުނު ޓެސްޓުތަކުން ބައްޔަށް ޕޮޒިޓިވެ ވެފައިވާކަން އެޗްޕީއއޭއިން ވަނީ ހާމަކޮސްފައެވެ. އެއީ އުމުރުން ތިން އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ނުވާ ކުއްޖެކެވެ.

މިއަދު ފެނުނުކަމަށް ބުނާ ކޭސް އާ ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ. 

އެޗްޕީއޭ އިން ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވި ކުއްޖާ ޒިޔާރަތްކުރި ތަންތަން އާއްމުކޮށް އެތަންތަނަސް އެދުވަސްވަރު ޒިޔާރަތްކުރި މީހުން، ވެކްސިން ޑޯޒު ފުރިހަމަކޮށްފައިނުވާ ނަމަ ޑޯޡު ފުރިހަމަކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި މީސްލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ނުކޮށްވާ ފަރާތްތަކަށް ދެ ޑޯޒު ފުރިހަމަކުރުމަށް ވެކްސިނޭޝަން ކެންޕޭނެއް ފެށުމަށް އެ އޭޖެންސީއިން ތައްޔާރުވަމުން ދާ ކަމަސް ވެސް ހާމަކޮށްފައިވެއެވެ.

ޜާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވަނީ 2017ވަނަ އަހަރުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.