ދިރާގުން "އީ-ސިމް" ގެ ޚިދުމަތް ތަޢާރަފްކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން "އީ-ސިމް" ގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

މިއަދު ތަޢާރަފު ކުރެވުނު އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަޤުބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވާނެއެވެ. އަދި މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯރޓްކުރާ ފޯނުތަކުގައި، އާދައިގެ ސިމް އަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެއެވެ. އެހެންކަމުން، އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެއްވުން ފަދަ ލުއިފަސޭހަތައް މި ޙިދުމަތުގެ ސަބަބުން ލިބިގެންދާނެއެވެ. އެގޮތުން، އީ-ސިމްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެއެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ޚިދުމަތަކަށް ވެގެން ދާނެއެވެ.

ދިރާގު އީ-ސިމް އެކްޓިވޭޓް ކުރެއްވުމަށް ފަސޭހަކަމާއެކު ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އީ-ސިމްގެ ޚިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައިއެވެ. އެގޮތުން އީސިމް ސްޕޯރޓްކުރާ އެއްމެ މަޤްބޫލު ސަމާރޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯރޓް ކުރާނެއެވެ.

އެޕަލް

އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް

އެންޑްރޮއިޑް

ގޫގުލް ޕިކްސެލް 3ކުން ފެށިގެން ފަހުގެ ފޯނުތައް

ދިރާގަކީ ދުނިޔެއަށް އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކުންފުންޔެކެވެ. އަދި ދިރާގުގެ އަމާޒަކީ ދިވެހިރާއްޖެއަށާއި ދިވެހި މުޖުތަމަޢަށް ޑިޖިޓަލް މުވާސަލާތީ ޚިދުމަތްތައް މެދުވެރިކޮށް "ޑިޖިޓަލް ރާއްޖެ" އަކަށް މި ޤައުމު ވާސިލުކޮށްދިނުމެވެ.

ދިރާގު އީ-ސިމް އާ ބެހޭ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެއެވެ.

https://www.dhiraagu.com.mv/eSIM.aspx

ޚަބަރާއި ފޮޓޯ: ދިރާގު 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.