ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަމަށް ހެލްތު މިނިސްޓްރީ އިން އިއުލާން ކުރައްވައފި

ހިމަބިހި ފެތުރެމުންދާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބދުﷲ އަމީން އިއުލާންކުރައްވައިފިއެވެ. އެމަނިކުފާނު އެކަން އިއުލާން ކުރެއްވީ މިއަދު އެ މިނިސްޓްރީ އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

އާދަޔާ ޚިލާފަށް ބަލި ފެތުރޭ ހާލަތަކަށް ދާނަމަ ސަރުާޚރުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ބަި ޖެހޭ މީހުން ބައިތިއްބާނެ ތަނެއް މިހާރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ އައިސޮލޭޝާން ފެސިލިޓީ ހުރީ ހުޅުމާލޭގައި ކަމަށާއި އެފަދަ ހާލތެއް މެދުވެރި ވެއްޖެނަމަ އެތަނުގެ ބޭނުން ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެކްސިން ދިނުމަށް އިންކާރު ކުރާ ފަރާތްތަކަށް ވެސް މިނިސްޓަރ ވވެކްސިން ޖެހުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. "ވެކްސިން ޖެހުމަށް އިންކާރު ކުރާ ފަރާތްތަކަށް އަޅުގަނޑުމެން މި ދަންނަނަވަނީ ވެކްސިން ޖަހާށޭ. ވެކްސިން ނުޖަހާ ތިބުމުގެ ސަބަބުން މުޅި އގައުމު ނުރައްކަލުގެ ތެރެއަށް ދިއުމަށް ދޫކޮށްލެވޭކަށް ނެތް." މިނިސްޓަރ ވިދާޅުވިއެވެ.

މިވަގުތު ސަރުކާރުން ވަނީ ބަލިފެތުރުނަ ނުދިނުމަށް ފިޔަވަޅު ތަކެއް އަޅާފައެވެ. މާޅެއިން ހިމަބިއްސަށް ޝައިކުރެވޭ ފަރާތެއް ވާނަމަ އައިިޖީއެމްއެޗަށް، ހުޅުމާލެއިން ކަމަށް ވާ ނަަމަ ހުޅުމާލޭ ހޮސްޕިޓަލަށް އަދި ރަށެއްގައި ނަމަ އެ ރަށެއްގައި ސިއްހީ ޚިދުމަތް ދޭ ތަނަކަށް ދިއުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ހިމަބިއްސަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، ހަލުވި ކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ ބަލީގެ އަލާމާތް ފުރަތަމަ ފެނުނު ސަރަހައްދު، ހުޅުމާގައި މިއަދު ހަވީރު 4 އިން ފެށިގެން އެޗްޕީއޭގެ ޓީމުން ވެކްސިން ޖެހުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން ވެކްސިން ޖަހާ އިދާރާތަކަށް ގޮސް މިހާރުން ފެށިގެން ވެކްސިން ފުރިހަމަ ކުރުމަށްވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.