އައްޑޫ ފުޓުބޯލް ޗެމްޕިއަންޝިޕްގެ ފައިނަލަށް އެފްސީ ބޭރުމަތި ދަތުރުކޮށްފި އެވެ. އެޓީމު ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބު ރިވެރިންނާ ބައްދަލު ކޮށް ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
މިއަދުގެ މެޗުގެ ބޭރުމަތި ކާމިޔާބުކުރީ 5-1 ލަނޑުންނެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު 9 ވަނަ މިނިޓުގައި ޖަހައި ލީޑުނެގީވެސް ބޭރުމަތި ޓީމެވެ. މުޅިމެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ބޭރުމަތި ޓީމަށް ލަނޑުޖަހައިދިނީ. މިރާހު މުޙައްމަދެވެ. މެޗުގެ ވިހި ވަނަ މިނިޓުގައި ދެވަނަލަނޑު ޖަހައި އެޓީމަށް ލިޑު ފުޅާކޮށްދިނީ އިބްރާހީމް ސިރާޖެވެ.
މެދަށް ހުއްޓާލިއިރު މެޗުގެ ނަތީޖާ އޮތީ މިގޮތަށެވެ. ދެވަނަހާފު ފަށައިގެންވެސް އެޓީމުން ދިޔައީ ރަނގަޅު ކުޅުމެއް ކުޅެ ހަމަލާތައް އުފައްދަމުންނެވެ. އެޓީމުގެ ތިންވަނަ ލަނޑު 51 ވަނަ މިނިޓުގައި ޖަހައި އިތުރަށް ލީޑު ފުޅާކޮށްދިނީ އަލީ ފަހުމީއެވެ. އެލަނޑުޖެހިތާ މާގިނައިރެއް ނުވަނީސް ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ރިވެރިންގެ ހަމައެކަނި ލަނޑުޖަހައި ސުން ކަނޑުވައިލައިފައެވެ. ބޭރުމަތީ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިފައިވަނީ މެޗުގެ އިތުރުވަގުތުގައެވެ. އެލަނޑުތައް ޖަހައިފައިވަނީ ހަސަން ނަޒީމާއި، އިބްރާހީމް ސާމީއެވެ.
މި މެޗޔެ މޮޅު ކުޅުންތެރިއޤގެ މަގާމު ހޯދީ ބެރުމަތި ޓީމުގެ ހަސަން ރާއިފް މުހައްމަދެވެ.
މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސް އާއި ގޯދިއްޔާއެވެ.
މިއީ އައްޑޫ ސިޓީކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ޗެޕްޕިއަން ޓީމަށް ހުށަހަޅާފައިވަނީ ވިހި ހާސް ރުފިޔާއެވެ.