އަޑިއަށްދިޔަ ޑިންގީ އާއި މީހާވެސް އަދި ނުފެނޭ: އެމްއެންޑީއެފް

ލޯންޗަކާއި ޑީންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި  ގެއްލިފައިވާ ބ. އޭދަފުށީ، މުޝްތަރީގޭ، ނަސްރުﷲ ޢަބްދުﷲ އާއި ޑިންގި ވެސް އަދި ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ރޭ 7:06  އެހައިކަންހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ބ. ދޮންފަނާއި ހަނިފަރާ ދެމެދުން ދަތުރުކޮށްފައި ދަނިކޮށްނެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގެއްލިފައިވާ ނަސްރުﷲ އަބްދުﷲ ހޯދުމަށްޓަކައި މިހާރުވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައި ކަމަށެވެ. ކޯސްޓުގާޑުން ގެންދަނީ ކަނޑުއަޑިއާއި މަތީން އެމީހާ ފެނޭތޯ މަސައްކަތް ކުރަމުންނެވެ. އޭނާ ހޯދުނަށްޓަކައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް، ޕޮލިސް، ރިސޯޓުތައް، އާއްމުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. "މީހާ ހޯދުމުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ. މީނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކުރައްވައި ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރ 191 އަށް ގުޅުއްވައި ދެއްވުން އެދެން. އަދި އެސަރަހައްދު ދަތުރުކާ އުޅަނދުފަހަރުން ވެސް ބަލައިދެއްވުމަށް އެދެން،" އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މި ހާދިސާ ހިނގިއިރު ޑިންގީގައި ތިބީ 3 މީހުންނެވެ. އެއީ 42 އަހަރުގެ ދިވެއްސަކާއި 38 އަހަރުގެ ދިވެއްސަކާއި 41 އަހަރުގެ ދިވެއްސެކެވެ. އޭގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ 41 އަހަރުގެ ނަސްރުﷲ އެވެ. އޭނާ ފިޔަވައި ދެންތިބި ދެ މީހުން ވަނީ އެކްސިޑެންޓުވި އަނެއް އުޅަނދަށް ނަގައިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ވެސް ފަށައިފައިވާ ކަމަށެވެ. އެގޮތުން ހެލިކޮޕްޓަރ ބޭނުން ކޮށްގެން އެސަރަހައްދުގެ ބެލުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ޑައިވަރުން ވަނީ ޑައިވިން ރޮބަރޓް ބޭނުން ކޮށްގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.