ބާރަށް ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ވެއްޓި ދެމީހަކަށް އަނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ވެއްޓި އޭގައި ތިބި ދެމީހުންނަށް އަނިޔާވެއްޖެއެވެ. އަނިވެފައިވަނީ ސައިކަލް ދުއްވި 37 ފިރިހެން މީހާއަށާއި އޭނާގެ ފަހަތުގައި އިން 19 އަހަރުގެ ދިވެހި އަންނަކަށެވެ.

މިހާދިސާގައި ފިރިހެން މީހާގެ މޫނުގެ ކަނާތްފަޅިން ވަރަށްބޮޑަށް މަށައިގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަންހެން މީހާގެ ގައިގެ އެކިތަންތަން ހަންމަށައިގެން ގޮސް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ. ދެމީހުންނަށް ވެސް މިހާރު ގެންދަނީ ފުވައްމުލަކު ހޮސްޕީޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 8:24 އެހައިކަންހާއިރު ފުވައްމުލަކު ސިޓީ ދަނޑިމަގު ގެންމިސްކިތާ ދިމާއިން ނައިބު ތުއްތު މަގުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ސައިކަލް ދުއްވި މީހާގެ އަތުގައި ލައިސަންސެއް ނޯވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.