ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާމެދު ޚިޔާލު ފާޅު ކުރުމުގެ ފުރުސަތު ހުޅުވައިފި

ސިޓީތަކުގެ އިންތިޚާބީ ދާއިރާތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ދެއްވާފައިވާ ނަންތަކާމެދު އެއްވެސް ޚިޔާލެއް އޮތް ކަމަށްވާނަމަ އެ ޚިޔާލެއް ފާޅުކުރުމުގެ ފުރުސަތު އީސީން އާއްމުކޮށް ހުޅުވައިފިއެވެ.

އީސީން ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ޑިސެމްބަރު މަހުގެ 29 އާ ހަމައަށް ކަމަށެވެ. އެއްވެސް ޚިޔާލެއް އޮތްކަމަށްވާނަމަ އެމުއްދަތުގެ ކުރީން އެކޮމިޝަންގެ ފޭސްބުކު، ޓުވިޓަރ، އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އީސީން ވަނީ އެދިވަޑައިގެންފައެވެ. އަދި ސީޓީ މެދުވެރިކޮށްވެސް ޚިޔާލު ފޮނުވޭނެ ކަމަށް އީސީން ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެސީޓީ ވަނީ 18 ދާއިރާއަކަށް ބަހައި ނަންތައް ދީފައެވެ. އައްޑޫ ސިޓީ ވަނީ 12 ދާއިރާއަކަށް ބަހައި ނަންތައް ދީފައެވެ. ފުވައްމުލަކު ސިޓީ ވަނީ 5 ދާއިރާއަކަށް ބަހާލައި ނަންތައް ދީއެވެ.

މާލެ ސިޓީ

މާލޭ ސިޓީ 1 (ހުޅުމާލެ ދާއިރާ)

މާލޭ ސިޓީ 2 (ހެންވޭރު އިތުރު ދާއިރާ)

މާލޭ ސިޓީ 3 (މެދު ހެންވޭރު ދާއިރާ)

މާލޭ ސިޓީ 4 (ހެންވޭރު ދެކުނުދާއިރާ)

މާލޭ ސިޓީ 5 (ހެންވޭރު ހުޅަނގު ދާއިރާ)

މާލޭ ސިޓީ 6 (ގަލޮޅު އުތުރު ދާއިރާ)

މަލޭ ސިޓީ 7 (ގަލޮޅު މެދު ދާއިރާ)

މާލޭ ސިޓީ 8 (ގަލޮޅު ދެކުނު ދާއިރާ)

މާލޭ ސިޓީ 9 (ގަލޮޅު ހުޅަނގު ދާއިރާ)

މާލޭ ސިޓީ 10 (މައްޗަންގޮޅި އިތުރު ދާއިރާ)

މާލޭ ސިޓީ 11 (މައްޗަންގޮޅި މެދު ދާއިރާ)

މާލޭ ސިޓީ 12 (މައްޗަންގޮޅި ދެކުނު ދާއިރާ)

މާލޭ ސިޓީ 13 (މާފަންނު މެދު ދާއިރާ)

މާލޭ ސިޓީ 14 (މާފަނުން އުތުރު ދާއިރާ)

މާލޭ ސިޓީ 15 (މާފަންނު ހުޅަނގު އުތުރު ދާއިރާ)

މާލޭ ސިޓީ 16 (މާފަންނު ހުޅަނގު ދާއިރާ)

މާލޭ ސިޓީ 17 (މާފަނުން ދެކުނު ދާއިރާ)

މާލޭ ސިޓީ 18 (ވިލިމާލެ ދާއިރާ)

އައްޑޫ ސިޓީ

އައްޑޫ ސިޓީ 1 (ހިތަދޫ އޮޑައްސައު ދާއިރާ)

އައްޑޫ ސިޓީ 2 (ހިތަދޫ ކޮރޮވަލު ދާއިރާ)

އައްޑޫ ސިޓީ 3 (ހިތަދޫ ބޭރުމަތި ދާއިރާ)

އައްޑޫ ސިޓީ 4 (ހިތަދޫ މެދުވަލު ދާއިރާ)

އައްޑޫ ސިޓީ 5 (ހިތަދޫ ރަސްގެދަރަ ދާއިރާ)

އައްޑޫ ސިޓީ 6 (ހިތަދޫ މާމެންދޫ ދާއިރާ)

އައްޑޫ ސިޓީ 7 (މަރަދޫ ދާއިރާ)

އައްޑޫ ސިޓީ 8 (މަރަދޫފޭދޫ ދާއިރާ)

އައްޑޫ ސިޓީ 9 (ފޭދޫ އުތުރު)

އައްޑޫ ސިޓީ 10 (ފޭދޫ ދެކުނު)

އައްޑޫ ސިޓީ 11 (ހުޅުދޫ ދާއިރާ)

އައްޑޫ ސިޓީ 12 (މީދު ދާއިރާ) އެވެ.

ފުވައްމުލަކު ސިޓީ

ފުވައްމުލައް ސިޓީ 1 (ފުއްވައްމުލައް ހުޅަނދު އުތުރު ދާއިރާ)

ފުވައްމުލައް ސިޓީ 2 (ފުވައްމުލައް އިރު އުތުރު ދާއިރާ)

ފުވައްމުލައް ސިޓީ 3 (ފުވައްމުލައް މެދު އުތުރު ދާއިރާ)

ފުވައްމުލައް ސިޓީ 4 (ފުވައްމުލައް ހުޅަނގު ދެކުނު ދާއިރާ)

ފުވައްމުލައް ސިޓީ 5 (ފުވައްމުލައް މެދު ދެކުނު ދާއިރާ)

ފުވައްމުލައް ސިޓީ 6 (ފުވައްމުލައް އިރު ދެކުނު ދާއިރާ)

ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންމެ ކައުންސިލަކުން 33 ޕަސެންޓު މިފަހަރު ވަނީ އަންހެނުންނަށް ޚާއްސަ ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.