
އަންނަ އަހަރު ބާއްވާ ލޯކަލްކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެޕާޓީން އެފުރުސަތު މިއަދު ހުޅުވާލައްވައިފިއެވެ.
އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްޑީޕީން ވިދާޅުވެފައިވަނީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު ޖެނުއަރީ 13 ވަނަ ދުވަހު އިއުލާން ކުރާނެ ކަމށެވެ. ވޯޓާސް ލިސްޓު އިއުލާން ކުރާނީ ޖެނުއަރީ 15 ގައި ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.
ދާއިރާއަކަށް އިންތިޚބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ މީހުން ކުރިމަތިލައިފި ކަމަށްވާނަމަ ޕާޓީގެ ޓިކެޓު ދޭނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ. ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ ބޭއްވާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.
ދާއިރާތަކަށް ކުރިމަތި ލެވޭނީވެސް އަދި ވޯޓްލެވޭނީ ވެސްމިހިނގާ ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ އެ ޕާޓީގެ މެންބަރުންނަށެވެ.