ވަގުތީ ރިޕޯޓަށްޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިން: އީސީ

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފިއެވެ.

އެ ރިޕޯޓު މިހާރުވަނީ އިލެކްޝަންސް ކޮމިޝަންގެ ވެބުސައިޓާއި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވ އެރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 23 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ މުއަދަތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެވެ.

ރިޕޯޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށްގެންނާއި އީސީގެ އީމެލް މެދުވެރިކޮށް ކަމަށް އެތަނުން ވިދާޅުވިއެވެ. މި ދެ އިންތިޚާބު ނިމޭއިރު އިންތިޚާބީ މަގާމުތަކިގައި 1313 އަންހެނުން ތިބޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ކޮންމެ ކައުންސިލެއްގެ 33 ޕަސެންޓު ޚާއްސަކޮށްފައިވަނީއަންހެނުންނަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.