އިސްލާމްދީނުގެ ހަގީގީ މަފްހޫމް އޮޅިގެންދިއުމަށް ފުރުސަތު ނުދޭތި: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް އެފެއާޒު މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު

އިސްލާމް ދީނުގެ ޙަޤީޤީ މަފްހޫމް އޮޅިގެން ދިއުމަށް އެއްވެސް ދިވެހި ރައްޔިތަކު ފުރުޞަތު ދީގެން ނުވާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓްރީގެ އިލްތިމާސްގައި ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ނަމުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަމުގެ ސަބަބުން ހަރުކަށިކަމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކަށް މަގުފަހިވެގެންދާ ކަމަށެވެ. އަދި ބޭރު ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބި، މާތްވެގެންވާ އިސްލާމް ދީނުގެ ޞުލްޙަވެރި ތަޞައްވަރު ކިލަނބުވެގެންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަތީޖާއަކަށްވަނީ އިސްލާމް ދީނާމެދު މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުން ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

"އިސްލާމް ދީނުގެ ސައްޙަ އަގީދާ އޮޅުން ފިލުވުމުގައި އިންޓަނެޓާއި އެނޫންވެސް އެފަދަ ހަގީގަތް ނޭނގޭ ވަސީލަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި އިތުބާރު ހިފޭ ދީނީ ޢިލްމުވެރިންގެ ކިބައިން އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވުމަށްވެސް އިލްތިމާސް ކުރަމެވެ. ހަމައެހެންމެ ހަރުކަށި ފިކުރާދެކޮޅަށް ތެދުވެވަޑައިގެން އިސްލާމްދީނުގެ ސައްޙަ މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވުމަށް ދިވެހިރާއްޖޭގެ އެންމެހާ ދީނީ ޢިލްމުވެރިންނަށް ގޮވާލަމެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިސްލާމް ދީނުގެ ސައްހަ އަގީދާއަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރައްވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް ވެސް އިސްލާމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވެފައިވަނީ ވައުޟާއި ނަސޭހަތާއި ދީނީ ޝިޢާރު ފާޅުކުރައްވަމުން ގެންދަވާންވާނީ "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔާތްކުރުމުގެ ޤާނޫނާއި،އެ ޤާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާޢިދަށް އަށް ހުރުމަތްތެރިކޮށް ހިތަމުން ކަމަސް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ވަރުގަދަވެ ހައްދުންނައްޓާފައިވާ މިދަނޑިވަޅުގައި އިސްލާމިކް މިނިސްޓްރީން މިއަދު ކުރެއްވި އިލްތިމާސްގައި ވިދާޅުވެފައިވަނީ މުޖުތަމަޢުގެ އާންމު މަސްލަޙަތަށް އިސްކަން ދިނުމަށާއި ދީނީ ގޮތުން ބައިބައިވުމާއި ނުތަނަވަސްކަން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ އަމަލުތަކުން އެއްކިބާވެ ތިބުމަށެވެ.

އޭގެ އިތުރަށް ދަށުދަރަޖައިގެ ޢަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަން ހިންގުމާއި، ޓެރެރިޒަމަށް ވާގިވެރިވެ، ޓެރެރިޒަމްގެ އަމަލު ހިންގުމާއި އެނޫންވެސް އެފަދަ ޖިނާއީ ކުށުގެ ތެރޭގައި ހިމެނޭ ހުރިހާކަމަކުން ވެސް ދުރުވެ ތިބުމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ޚާއްސަކޮށް ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެކަންކަމާ ދުރުވެ ތިއްބެވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.