ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

މިއަދު ހިނގި އެކްސިޑެންޓް: ފޮޓޯ ސިނާން

އައްޑޫސިޓީ ހިތަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ވެސް މިހާރު ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ އެތަނުން އެކެއްގެ ފައިގައި ފުންޒަޚަމެއް ފުރުމުން އެތަން ފެހުމަށްޓަކައި އޭނާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ.

އެމީހާގެ ބޮލުން ތަންކޮޅެއް މަށައިގެން ގޮސްފައިވާ ކަމަށް ވެސް ޝަރަފް ވިދާޅުވިއެވެ. ދެވަނަ މީހާގެ ވެސް ގައިގެ ބައެއް ތަންތަން މަށައިގެން ދިޔުން ފިޔަވައި އިތުރު އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލުން  ވިދާޅުވިއެވެ. "ދެމީހުންކުރެ މީހަކަށް ސީރިއަސް އަނިޔާއެއް ނުވޭ. ހެޑު އިންޖަރީއެއް ސްޕައިނަލް އިންޖަރީއެއްނެތް. އަތެއް ފަޔެއް އަދި އެހެން ތަނެއް ބިނދިފައެއްވެސްނެތް،" ޝަރަފް ވިދާޅުވިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ރޯޔަލް ފިހާރަ ކުރީމަތިން ދުއްވާފައިދިޔަ ދެސައިކަލް ޖެހިގެނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެއް ސައިކަލުގައި އިންނެވީ ޝައިޚް ރުޝްދީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.