އައްޑޫ ސިޓީ ހަންކެޑެ ސަރަޙައްދުން އިންސާނެއްގެ ކަށިތައްކެއް ފެނިއްޖެ

އައްޑޫ ސިޓީ ހަންކެޑެ (ފަޅުރަށެއް) ސަރަޙައްދުން އިންސާނެއްގެ ކަށިތަކެއް މިއަދު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ބަލާބެލުމަށް އެއީ ވަރަށް ދުވަސްވީ ކަށިތަކެއް ކަމަށެވެ. އެ ކަށިތައް ފެނިފައިވަނީ އެސަރަޙައްދަށް ޕިކްނިކް ގޮސް އުޅުނު ބަޔަކަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު ފަހު 3:45 އެހައިކަންހާއިރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހަންކެޑެ އަކީ ކުރީ ޒަމާނުގައި މީހުން އުޅުނު ސަރަޙައްދެއް ކަމަށް ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެއީ ކުރިން ވަރަށްބޮޑު ރަށެއް ކަމަށާއި ރަށްކުޑަވެފައިވަނީ އުދައަރައި ރަށްގިރުމުގެ ސަބަބުންނެވެ. ހަންކެޑެ ގައި ކުރިން އުޅުނު މީހުންވަނީ މަރަދުއަށް ބަދަލުވެފައި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެމީހުން ބަދަލުވީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެ އުޅެން ދަތިވެގެންނެވެ. މަރަދުއަށް ބަދަލު ވުމަށްފަހު އަލުން އަނެއްކާ ވެސް އެމީހުން ހަކެޑެއަށް ބަދަލުވި ކަމަށް ތީރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

މިހާރުވެސް ހަންކެޑެގެ ހުޅަނގު ފަރާތުން މަހާނާގާ ވެސް ކޮންމެވެސް ވަރަކަށް ފެންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.