ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް ޅ. އަތޮޅުގައި ހިންގިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ޅ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން މިއަހަރުގެ ތެރޭގައި ހިންގިދާނެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ޅ. އަތޮޅު ރަށްތަކުގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި ޅ. އަތޮޅު ކޮމާންޑަރު ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

ޅ. ނައިފަރުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ވަނީ ކުށްމަދު ކުރުމުގެ ގޮތުންނާއި ޅ. އަތޮޅުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުންނާއި ފުލުހުންނާއި ޅ. އަތޮޅުގައި ހުރި އެކި މުއައްސަސާތަކާއި ގުޅިގެން ހިންގިދާނެ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެއިތުރުން ޅ. އަތޮޅުގެ އެކި ޕޮލިސް ސްޓޭޝަންތަކުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ކުރެވެންހުރި ކަންކަމާއި ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ޤާބިލްކަން އިތުރުކޮށް މަސައްކަތްތަކަށް މިހާރަށްވުރެ އަހުލުވެރިކުރުމުގެ ގޮތުން ހިންގިދާނެ ހަރަކާތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ޅ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު އާތިފް އާއި ޅ. ހިންނަވަރު، ނައިފަރު އަދި ކުރެންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުންނާއި އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.