ގައުމީ ދިފާއީ ބާރުން އޮތީ ހަރުކަށި ފިކުރަށް ދޫދޭގޮތަކަށްނޫން: ޝަމާލް

ގައުމީ ދިފާޢީ ބާރުންއޮތީ ވެސް އޮތީ ހަރުކަށި ފިކުރުތަކަށް ދޫދޭގޮތަށް ނޫންކަމަށް ޗީފްއޮފް އޮފް ޑިފެންސް މޭޖަރޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ މަހާސިންތާގައި މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި މަސައްކަތްކުރާ ގިނަ މީހުންނަނީ ބޭރުގެ ގައުމުތަކުން އަސްކަރީ ތަމްރީން ހޯދައިފައިވާ މިލިޓަންޓުން ކަމަށެވެ. އެހެންކަމުން އެފަދަ ބައެއްގެ ހަމަލާއެއް ރާއްޖެއަށް އައުމަކީ ވެސް ދުރުކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މިފަދަ ކަންކަމަކީ ކުރީބައިގައި މަސައްކަތްކޮށް ހުއްޓުވަންޖެހޭ ކަންކަން ކަމަށެވެ. އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ އިންޓެލިޖެންސްތަކާ ގުޅިގެން މަސައްކަތްކޮށް މިކަންކަން ހައްލު ކުރަންޖެހޭ ކަމަށެވެ. ރަށު ކައިންސިލްތަކުގެ ދައުރުވެސް މިކަންކަން ހުއްޓުވުމަށް ކުޑަނޫން ކަމަށާއި އެފަދަ ކަމެއް ފެންނައިރަށް ކުރީބައިގައި ކަމާބެހޭ ފަރާތްތަކަށް ގުޅައި މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކައުންސިލްތަކުން ކުރެވިދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.