އިންފޯފިޝް ގަވަރނިން ކައުންސިލްގެ ބައްދަލުވުން މާދަމާ ފަށަނީ

ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައު، ހޮނިހިރު ދުވަހުގެރޭ ރާއްޖެ ވަޑައިގެންނެވުން: ފޮޓޯ ފިޝަރީޒް

އިންފޯފިޝް ގަވަރނިންގ ކައުންސިލް ގެ 34 ވަނަ ބައްދަލުވުން މާދަމާ ރާއްޖޭގައި ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުން އޮންނާނީ ޑިސެމްބަރ 16 އިން 19 އަށެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ރާއްޖެއިންނެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ.

މިޖަމުޢިއްޔާގައި 13 މެމްބަރު ޤައުމު ހިމެނެއެވެ.  އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަޤްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދޭ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް  ސެމީ ކޮރޮއިލަވެސައު، ހޮނިހިރު ދުވަހުގެރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.