ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ބަންދުކޮށްފި

ވަގު ޕާސްޕޯޓެއް ބޭނުންކޮށް ގެން ރާއްޖެއަށް އެތެރެވާން އުޅުނު ބިދޭސީއަކު ބަންދުކޮފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އެމީހާ ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތެރެއިން ކަމަށެވެ. އިމިގްރޭޝަނުން އަތުލައިގެންފައިވަނީ ޢުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

"ނަކަލު ކޮށްފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި އެއްތިރީސް އަހަރުގެ ބިދޭސީ ފިރިހެނަކު މޯލްޑިވްސް އިމްގްރޭޝަނުން ހުއްޓުވައިފި،" އެތަނުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އެމީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއްވެސް އިމިގްރޭޝަނަކުން ހާމައެއް ނުކުރެއެވެ. އަދި އެމީހާއާ ބެހޭ އެހެނިހެން އިތުރު މަޢުލޫމާތެއްވެސް ހާމައެއް ނުކުރެއެވެ. އިމިގްރޭޝަނުން މީގެ ކުރިންވެސް ވަނީ ވަގު ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް ވަގަށް އެރެވާންއުޅުނު މީހުން ހިފަހައްޓައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.