ޗައިނާގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖެއަށްވީ ފައިދާ: ޝިޔާމް

ރާއްޖޭގައި ގިނައީ ޗައިނާގެ އިންވެސްޓްމަންޓްތައް ކަމަށާއި އޭގެ ސަބަބުން ދިވެހިވިޔަފާރިވެރިންނަށް ވެފައިވަނީ ފައިދާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭ ވިދާޅުވީ ޗައިނާފަ ގައުމުމަކާ ބެހުމަކީ އޭގެ ނަތީޖާ ހިތިވެދާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެކަން ނުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހާރު އިންޑިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "ލޮކްސަބާ ޓީވީ" އަށް ދެއްވި އިންޓަރވިއުއެއްގައި ޗައިނާއަށް ފާޑުވިދާޅުވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޗައިނާއިންވަނީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސައިފައި ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެސް ކުރިއަށް ނުގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެއްވައި ޗާއިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ އެވާޙަކަތަކަށް ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ސަރުކާރުން އެފަދަ ކަމެއް ކުރައްވާނީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހުގައި ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ނުޖައްސާ ކަމަށާއި ޗައިނާއަކީ ރާއްޖޭގެ ތަރަގީގެ ބައިވެރިއެއް ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެވަނީ ޗައިނާއަށް ބިލިއަނުން ދަރާފައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ ދައުލަތުގެ އިސްވެރިން "ޗައިނާއާ ބޭޝް ކުރީމައި" އޭގެ ހިތިނަތީޖާ ފެންނާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އެގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ގައުމެއް ކަމަށާއި ޗައިނާގެ މާކެޓު ހުއްޓިއްޖެ ކަމަށްވާނަމަ އެއިން ލިބޭ ގެއްލުމާވެސް ކުރިމަތިލާން ތިބީ ދިވެހި ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާއިން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް ހުއްޓާލައިފި ކަމަށްވާނަމަ އެކަމުގެ ދެރަ ވެސް އޮތީ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅވިއެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި 400 އެއްހާ މިލިއަނަށް ގައުމު ވިއްކާލުމަށްފަހު ފިލައިގެން ހިނގައިދާނެ ފަދަ ބޭފުޅުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.