ތޭރަ އަހަރުގައި "ކައިވެނި" ކުރި ކުއްޖާގެ މައިންބަފައިން ބަންދުކޮށްފި

ޢުމުރުން 13 އަހަރުގައި ކައިވެނި ކޮށްގެން އުޅޭ ކަމަށް ބުނާ ކުޑަ އަންހެން ކުއްޖާގެ މައިން ބަފައިން ބަންދުކޮށްފި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ދެމީހުން ބަންދުކުރީ މިއަދު 4:30 އެހައިކަންހާއިރު ކަމަށެވެ. ދެމީހުން ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ވިދާޅުވީ އެ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ކަމަށް ބެލެވޭ ޢާއިލާއެއް ކަމަށެވެ. އެމީހުންވަނީ އެ ޢާއިލާގައި ހިމެނޭ ކުދިންނަށް ލިބެނެޖެހޭ އަސާސީ ހައްގުތައް ނުދީ ހިފަހައްޓާފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ކުދިންނަށް ދޭންޖެހޭ ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެމައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ގެންދަނީ އެމައްސަލަ ބަލަމުންނެވެ. ފުލުހުން މިހާރުވަނީ މިކަމާ ގުޅިގެން އަނިޔާ ލިބެމުންދިޔަ 6 ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ. އެކުދިންގެ މަންމައާއި ބައްޕަ ބަންދުކުރީ  އެ ކުދިންނަށް އިހުމާލުވުމުގެ ކުށުގައެވެ.

މި އާއިލާގައި ހިމެނޭ ތޭރަ އަހަރުގެ އަންހެން ކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ ފިރިހެން މީހާ ވެސް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.