މިއަދު ބަންދުކުރި ދެ މީހުންގެ ބަންދަށް ފަނަރަ ދުވަސް ޖަހައިދީފި

ގއ. ކަނޑުހުޅުދޫން ތުއްތު އަންހެން ކުއްޖަކަށ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގެންދިޔައީ ކން ކޯޓަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. މިމައްސަލާގައި ބަންދުކޮށްފައިވަނީ 62 އަހަރުގެ މީހަކާއި 81 އަހަރުގެ މީހަކެވެ. މި ދެމީހުން ވެސް ބަންދުކޮށްފައިވަނީ މިއަދުގެ މެންދުރުފަހު 3:00 ގެ ފަހުންނެވެ.

މި މައްސަލާގައި ހިމެނޭ މީހުންނަށް އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނުގައިވާ އެންމެ އަހަރުކަށި އަދަބު ދިނުމަށް އެކިފަރާތްކުންދަނީ ގޮވާލަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނާއި، ޔޫތު މިނިސްޓަރ މަހުލޫފާއި، ޕޮރޮގްރެސިވް ކޯލިޝަނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ މެމްބަރުން ވަނީ އެކަންކުރި މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށްދަނީ ގޮވާލަމުންނެވެ. ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން ވެސް ވަނީ އެ އަމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށްވަނީ ގޮވާލައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.