ފިއްލަދޫގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދަނީ

ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރަން ބާއްވާ ބައި-އިލެކްޝަންނުގެ ވޯޓުލާން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ ބައި-އިލެކްޝަނުގައި 4 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށެވެ. އެއީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 2 ކެންޑިޑޭޓެކެވެ.

ފިއްލަދޫ ކައުންސިލަށް ދެ މެމްބަރަކު އިންތިޚާބު ކުރަނީ އެ ކައުންސިލުން ދެ މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ. އެބޭފުޅުން އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

 އިސްތިއުފާ ދެއްވީ ނާއިބު ރައީސް މުޙައްމަދު ޖައުފަރާއި، މެންބަރ މުޙައްމަދު ނާފިއުއެވެ. ބައި-އިލެކްޝަންގެ ކަންކަން ފިއްލަދޫގައި ކުރިއަށްދާ ގޮތް އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އަމްޖަދު މުސްތަފާ ވަނީ ބައްލަވާ ލައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.