ޗުއްޓީ ހޭދަކުރަން ރާއްޖެއައިސް އުޅުނު ދެ ފަތުރުވެރިއަކާއި ރިސޯޓެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު މިއަދު މަރުވެއްޖެއެވެ.
މިއަދު މަރުވެފައިވަނީ ޗައިނާގެ ފަތުރުވެރިއަކާއި އެމެރިކާގެ ފަތުރުވެރިއަކާއި އިންޑޮނޭޝިޔާ މީހެކެވެ.
ޗައިނާ ފަތުރުވެރިއާ މަރުވެފައިވަނީ ފިހާޅޮހި ރިސޯޓަށް މޫދަށް އެރި އުޅެނިކޮށްނެވެ. އޭނާ މަރުވެފައިވަނީ ގެނބިގެން ނުވަތަ އެހެން ކަމެއް ވެގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
ޢުމުރުން 62 އަހަރުގެ އެމީހާ މަރުވި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. ވަރަށް ފަހުން ވެސް ޗައިނާގެ ފަތުރުވެރިއަކުވަނީ ގެނބިގެން މަރުވެފައެވެ.
މީގެ އިތުރަށް ޕާކްހަޔާތު މޯލްޑިވްސް އިން ހަދަމުންދާ ރިސޯޓަކަށް ގޮސް އުޅުނު އެމެރިކާގެ ފަތުރުވެރިއަކުވެސް ވަނީ މަރުވެފައެވެ. ޢުމުރުން 62 އަހަރުގެ އެމީހާ މަރުވެފައި އޮއްވައި ފެނިފައިވަނީ މޫދުން ކަމެއް ނުވަތަ ކޮޓަރިން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ގއ. ވިލިގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މީގެ އިތުރަށް ލިލީބީޗު ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އިންޑޮނޭޝައާ މީހަކުވެސް މިއަދުވަނީ މަރުވެފައެވެ. ޢުމުރުން 38 އަހަރުގެ އެމީހާ މަރުވެފައިވާކަން އެނގިފައިވަނީ ނިދައި ނުހޭލައިގެން ގޮސް ބެލުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއަދު ވަނީ މއ. ޓޮމާޓޯގޭގެ ޓެރަސްމަތިން މަރުވެފައި އޮތް މީހަކު ފެނިފައެވެ. އެހެންނަމަވެސް އެއީ ކާކުކަމެއް ފުލުހުންނަށް އަދި އެނގިފައެއް ނުވެއެވެ. މިމަރުތަކާ ބެހޭގޮތުން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
Subhaanallah
Kulli maruthah haadha gina vejjeyeye
Fahu zamaanuge alaamaaiy