މީރާގެ މުވައްޒަފުން ފިޔަވައްޗަށް ފައިސާގެ އެހީއެއްދީފި

މީރާއިން ފިޔަވައްޗަށް އެހީގެ ޗެކް ހަވާލުކޮށްދެއްވަނީ: ފޮޓޯތައް މީރާ

މީރާގެ މުވައްޒަފުން ފިޔަވައްޗަށް ފައިސާގެ އެހީއެއް ދީފިއެވެ. މީރާއިން ވިދޅުވީ އެކުންފުނީގެ ފަރާޓުން ފިޔަވައްޗަށް ހަދިޔާކޮށްފައިވަނީ ފަސްދޮޅަސް ފަސް ހާސް ރުފިޔާ ކަމަށެވެ.

މިއީ ހުޅުމާލޭގައި  ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް ކުލާސްރޫމެއް އަޅައިދިނުމަށްޓަކައި މީރާގެ މުވައްޒަފިން ދިން ހަދިޔާއެއް ކަމަށް އެތަނުންވިދާޅުވިއެވެ. މިއީ އިޖުތިމާޢީ ޒިންމާގެ ދަށުން ކޮންމެ އަޖަރަކު އެ މުވައްޒަފުން ހިންގާޙަރަކާތުގެ ތެރެއިން ދިން ހަދިޔާއެކެވެ.

ފައިސާ ހަދިޔާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ފިޔަވަތީއެވެ. މީރާގެ މުވައްޒަފުންވަނީ އެތަނުގައި އުޅޭކުދިންނަށް ހަވީރެއް ބާއްވައިދީ ކުދިންނާއެކު އުފާކުރުމުގެ ވަގުތުތަކެއް ހޭދަކޮށްފައެވެ. ކޮމިޝަނަރ ޖެނެރައޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލް ވެސް މިޙަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވެ.

މި ހަވީރުގައި ކޮމިޝަނަރޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވީ މިފަދަ ޙަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ޖީބުން ދީފައިވާ ހަދިޔާއެއް ކަމަށެވެ. އެތަނުގެ މުވައްޒަފުންނާއި މީރާގެ ކުލަބުންވެސް މިފަދަ ޙަރަކާތްތައް ކޮންމެ އަހަރަކުވެސް ހިނގާ ކަމަށް ވިދާޅުވިއެވެ. އޭނާ ވަނީ ފިޔަވަތީގެ މުވައްޒަފުން ކުދިން ބެލެހެއްޓުމަށް ކުރަމުން ގެންދާ ބުރަ މަސައްކަތް ފާހަގަކޮށް އެމީހުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ފިޔަވަތީގެ ޗީފްއެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމް ވެސް މިހަވީރުގައި ވާހަކަ ދެއްކެވިއެވެ. އޭނާވިދާޅުވީ މީރާގެ މުވައްޒަފުންގެ އެ އެހީއަކީ އެތަން ހިންގުމަށްޓަކައި ވަރަށްބޮޑު އެހީއަކަށް ވެގެންދާނެއެވެ. އަދި އެހެންތަންތަނުން ވެސް އެފަދަ އެހީދިނުމަށް އޭނާ ހިތްވަރު ދެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.