އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށް ޕަބްލިކް އޯޑަރ ޓްރެއިނިންގ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި

އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ފުލުހުންނަށް ހިންގާ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައިތިބި ފުލުހުންނަށް އަމާޒުކޮށްގެން ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

ޑިސެމްބަރު މަހުގެ 21 ން 25 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކުރީގެ ޕޮލިސް ޓްރެއިނިންގ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި ޓެކްޓިކަލް ޓްރެއިނިންގ އާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންކުރާ އުކުޅުތައް ކިޔަވައިދީފައިވެއެވެ. އަދި ފުލުހުންނާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކާއި އިންސާނީ ހައްގުތަކާއި ބެހޭގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޓަކްޓާއި އެތިކްސް ކިޔަވައިދިނުމުގެ އިތުރުން ޕަބްލިކް އޯޑަރގެ ހާލަތްތަކުގެ ބޭނުންކުރާ ފޯމޭޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށް ހިންގި މި ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމަކީ އައްޑޫ ސިޓީ ޕޮލިސްއާއި ޕޮލިސް އެކަޑަމީ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ފުރިހަމަކޮށްފައިތިބި 42 ފުލުހަކު ބައިވެރިވެފައިވެއެވެ.

މި ރިފްރެޝަރ ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ ޕޮލިސް އެކަޑަމީގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.