ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ގިނަ ޢަދަދައްގެ ބަނގުރާ ދޫނިދޫގައި އިއްޔެ ނައްތާލައިފިއެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓްގެ ފުލުހުންގެ ހާޟިރުގައި އިއްޔެ ނައްތާލާފައިވާ ބަނގުރަލުގެ ތެރޭގައި ހިމެނެނީ މިމަހުގެ ކުރީކޮޅު މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީންގެ ބަޔަކު ބަނގުރާ އުފައްދާކަމަށް ބެލެވިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނެނީ 500 އެމްއެލްގެ40 ފުޅިއަކާއި،5 ލީޓަރުގެ 4 ފުޅިއަކާއި،20 ޓައްޕެއްގައި ހުރި ބަނގުރަލެވެ.

އެތަކެތި ނައްތާލާފައިވަނީ ތަހްޤީޤަށް ބޭނުންވާ ސާމްޕަލްސް ނެގުމަށްފަހު އެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ނެގެވޭ މަސްތުވާތަކެއްޗާއި ބަނގުރާތައް ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.