އިންޒާރުދިން ކަމަށް ދެކެވޭ ވާހަކައަށް ސިފައިން ސީދާ ޖަވާބެއް ނުދެއްވި

ސިފައިންގެ ގޮއްވާލާނެ ކަމަށް މީހަކު އިންޒާރު ދިން ކަމަށްބުނެ މީޑިއާގައި ފެތުރިފައިވާ ވާހަކައަށް އެމްއެންޑީއެފުން ސީދާ ޖަވާބެއް ނުދެއްވިއެވެ. އެފަދަ އިންޒާރެއް އައިސްފައިވޭތޯ ނުވަތަ ނޫންތޯ މީޑިއާއިން ވަނީ އެމްއެންޑީއެފާ ސުވާލުކޮށްފައެވެ.

ސުވާލު ކުރުމުން އެމްއެންޑީއެފުން ވަނީ ކުރު ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ ނޮވެމްބަރު މަހު 18 ވަނަދުވަހު ޕިކަޕެއް ސިފައިންގެ މައިގޭޓުން ވަދެފައިވާ ކަމަށެވެ. ސީ އަކުރު ޖަހަފައިވާ އެޕިކަޕުގައި އިނީ ބިދޭސީއެއް ކަމަށާއި އޭނާ ފިޔަވައި އެހެން މީހަކު އޭގައި ނެތް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އެ ޕިކަޕް ވަދެފައިވަނީ އެހެން އުޅަނދެއްގެ ފަހަތުގައި އޮވެގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމީހާ ޕިކަޕުގައި އައިސް ގޭޓުން ވަނުމުން ސިފައިންވަނީ އޭނާ ހުއްޓުވައި ސުވާލު ކޮށްފައެވެ. މިމައްސަލަ މިހާރު ދަނީ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ ޕިކަޕް ދުއްވަން އިނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ޢުމުރުން 32 އަހަރުގެ އެމީހާ ވަނީ ނޮވެމްބަރު 19 ވަނަ ދުވަހު ބަންދުކޮށް ތަހުގީގު ފަށައިފައި ކަމަށް ފުލުހުން ވިދާޅުވިއވެ.

"މިއަދުގެ މާޙައުލުން އެއްވެސް ގޮތަކަށް ޝައްކުވާފަދަ އެއްވެސް ބާވަތެއްގެ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެ ކަމަށްވާނަމަ މިކަން ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް އެންގުމަށް މިފުރުސަތުގައި ހުރިހާ ރައްޔިތުންނަށް ހަނދުމަކޮށް އަރުވަމެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.