ފަނޑިޔާރުންނަށް ލިޔުންދިނުމަށް މިއަދު ހަޔަކަށް އީސީ ހުޅުވިފައި ހުންނާނެ

ފަނޑިޔާރު ކަމާއި ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) ކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ލިޔުން ފޯރުކޮށްދިނުމަށްޓަކައި މިއަދު 12:00 އިން 18:00 އަށް އިލެކްޝަންސް ކޮމިޝަން (އީސީ) ހުޅުވިފައި ހުންނާނެ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

އެގޮތަށް ހަމަޖެއްސެވީ ފަނޑިޔާރު ކަމާއި ޕީޖީކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން އީސީން ބޭނުންވާ ލިޔުން ހޯދުމަށް ފަސޭހަކޮށް އަވަސްކޮށް ދިނުމުގެ ގޮތުންނެވެ.

ފަނޑިޔާރު ކަމާއި ޕީޖީ ކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މީހުންނަށް އިސީން ދޫކުރައްވާނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އުޅުއްވާ ނުވަތަ ނޫޅުއްވާ ކަމުގެ ލިޔުމެވެ.

ރައީސް އޮފީހުން މިހާރުވަނީ ޕީޖީކަމަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައްވައިފައެވެ. އެފުރުސަތު ހުޅުވައިލެއްވީ އެންމެފަހުން އެމަޤާމުގައި އިންނެވި ޢާއިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ.

އޭގެއިތުރަށް އުއްތަމަ ފަނޑިޔާރާއި، ސުޕްރީން ކޯޓަށް ދެ ފަނޑިޔާރަކު އައްޔަން ކުރުމަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަން ނަންތައް ފޮނުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.