މާރާމާރީ ހިންގި ދެ ބިދޭސީން ހޯދަން ފަށައިފި

ހުކުރު ދުވަހު ހިންގި ކަމަށް ބުނާ މާރާމާރީގައި ބައިވެރިވި ތިން މީހުން

މާފަންނު މާޔާކުލިނިކް ކައިރީގައި ހުކުރު ދުވަހު މަރާމާރީ ހިންގި ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމަރާމާރީގައި ހިންގާފައިވަނީ ހުކުރުދުވަހު 11:39 އެހައިކަންހާއިރު އެވެ. އެހެންނަމަވެސް އެމަޢުލޫމާތު ފުލުހުނާ ހަމައަށް ލިބިފައިވަނީ އެދުވަހު 1:18 އެހައިކަންހާއިރުއެވެ.

މިމާރާމާރީގައި އެކަކު ވަނީ ޒަޚަމްވެފައެވެ. މަޢޫލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީގައި ތިން މީހަކު ހިމެނެއެވެ. އެތަނުން އަނިޔާ ލިބިފައިވަނީ އެކަކަށެވެ. އެމީހާއަށް އަނިޔާ ކުރުމަށްފަހު އަނެއް ދެމީހުން ވަނީ ގޮސްފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ތިން މީހުންގެ ތެރެއިން އެކަކު އުޅުނީ އަނެއް ދެމީހުން ދުރުކުރާށެވެ.

އަނިޔާ ލިބުނު މީހާއަށް ހޮސްޕިޓަލުން ފަރުވާދިން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެކަން ކަށަވަރު ވެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.