މަރާމާރީއެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭންފަށައިފި

ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ ރޭ ހިންގި މާރާމާރީއެއްގައި އަނިޔާވެގެން ރޭ 12:30 އެހައިކަންހާއިރު އެ ހޮސްޕިޓަލަށް ދެމީހަކު ގެނެސްފައިވާ ކަމަށެވެ. ފަރުވާ ދިނުމަށް ގެނައީ ޅ. ހިންނަވަރަށް ނިސްބަތަވާ ޢުމުރުން 28 އަހަރުގެ މީހަކާއި، ގދ. ގައްދުއަށް ނިސްބަތްވާ ޢުމުރުން 23 އަހަރުގެ މީހެއް ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އޭގެތެރެއިން 28 އަހަރުގެ މީހާގެ ބޮލަށް އަނިޔަވެފައިވާ ކަމަށް އެތަނުން ވިދާޅުވިއެވެ އެހެންވޭ އޭނާވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ސެންޓްރަލް ޕާކް ކައިރިންނެވެ.

ޢުމުރުން 23 އަހަރުގެ މީހާއަށް މާބޮޑު އަނިޔާއެއް ވެފައިނުވާ ކަމަށާއި ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ދޫކޮށްފައި ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އޭނާއަށް އަނިޔާވީ ސައިކަލުގައި ދަނިކޮށް މީހަކު އޭނާގެ ގައިގައި ޖެހުމުން ސައިކަލު ކޮންޓްރޯލް ނުވެގޮސް  ކާރެއްގައި ޖެހި އެކްސިޑެންޓް ވުމުގެ ސަބަބުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.