ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދައްކަވާ ނޭދެވޭ ވާހަކަފުޅުތައް ތަޙުގީގު ކުރަންޖެހޭ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ ރައީސް ނަޝީދު ސަލާމަތީ ބާރުތަކާބެހޭ ގޮތުން ކުރައްވަނީ ސީރިއަސް އިލްޒާމުތަކެއް ހިމެނޭ ތުހުމަތުތަކެއް ކަމަށާއި އޭގެ ސަބަބުން ނުރައްކާތެރި ނަތީޖާ ނުކުމެދާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
"ރާއްޖޭގެ ސަލާމަތީ ބާރުތަކާ ބެހޭ ގޮތުން މަޖިލިސް ރައީސް ދައްކަވާ ވާހަކަތައް ތަޙްޤީޤްކުރަންޖެހޭ. އެއީ ސީރިއަސް އިލްޒާމްތަކެއް، ނުރައްކާ ނަތީޖާތަކެއް ނުކުމެދާނެ ކަމެއް. ޤައުމީ ސަލާމަތަށް މި ވާހަކަތަކުން ނުރައްކާވޭ،" ޑރ. ޖަމީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ވަނީ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކުގައި (ސިފައިން، ފުލުހުން) ހަރުކަށި ވިސްނުމުގެ މީހުން އުޅެމުންދާ ކަމުގެ ތުހުމަތު ކުރައްވައިފައެވެ.
"ކުރިންވެސް ސިފައިންނަށް “މަނީ މަނީ ޔެސް ސާ” ކިޔައިގެން ފޮށި، ގަދަރަށް އަރައިގަތް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުޖެހި. ތަޅާނެ ކުދިންކޮޅެއް ހޯދަން މަޝްވަރާކުރި. މި އަމަލްތައް ތަކުރާރުވުމުގެ ފުރުޞަތު އެބައޮތް. މިއީ ސަލާމަތީ ބާރުތަކުގެ ވެރިން ހަނު ހުންނަ ވަރުގެ ކަމެއް ނޫން،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ތިންބާރު އެއްވެފަ އޮތްއިރު ވޯޓުލާ އުމުރުގެ %26 ތަމްސީލުކުރާ އެއްޕާޓީޔަކުން ހިންގާ ރައްޔިތުންގެ މަޖިލީހަކުން ވަޒީފާޔަށް ބިރުދައްކަމުންދާ އިރު މެޖޯރިޓީ ޕާޓީގެ މެމްބަރެއްގެ މައްޗައްވެސް އަދި އެމީހުން ރުހޭ މީހެއްގެ މައްޗައްވެސް އެއްވެސް ގާނޫނެއް ނުހިގާނެކަމީ ހަގީގަތެއް.