ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި

އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖު ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑާ މިއަދު ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.

އެކުންފުންޏާ އެމަސައްކަތް ހަވާލުކުރީ 22 މަސްތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 21651878.00 ރުފިޔާއެވެ. ޑިޒައިން އެންޑް ބިލްޑު އުސޫލުން ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރަން ހަމަޖައްސާފައިވަނީ އެރަށުގެ ފެނުގެ ނިޒާމް ފަރުމާކުރުމާއި ރަނގަޅު ފެންވަރެއްގެ ވިއުގައެއް އެޅުމާއި އާރުއޯ ޕްލާންޓާއި ސްޓޯރޭޖު ޓޭންކެއް ބެހެއްޓުމާއި ގޭގެއަށް ފެން ގުޅައިދިނުނެވެ.

މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. މާލޭ ވޯޓަރ އެންޑް ސުވަރޭޖު ކޮމްޕެނީ ޕްރައިވެޓު ލިމިޓުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންޑިރެކްޓަރ އާދަމް ޢާޒިމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.