ރާއްޖޭގެ 25 ރަށެއްގައި މިހާރުދަނީ ފެނުގެ ނިޒާމް ގާއިމްކުރަމުން: މިނިސްޓަރ

ރާއްޖޭގެ 25 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ތިމާއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ 2013 ވަނައަހަރުގެ ނިޔަލަށް މާލެ ސިޓީ ހިމަނައިގެން ފެނުގެ ނިޒާމް ގާއިމު ކުރެވިފައިވަނީ ރާއްޖޭގެ 6 ރަށެއްގައި ކަމަށެވެ. އެހެންނަމަވެސް 2017 ވަނަ އަހަރުގެ ނިޔަލަށް ފެނުގެ ނިޒާމު ރާއްޖޭގެ 21 ރަށެއްގައި ގާއިމް ކޮށް ޚިދުމަތް ދެމުން ގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަށްރަށުގައި ބޯފެނަށްޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން 2015 ވަނައަހަރު ފަށައިފައިވާ ޚާއްސަ މަޝްރޫއުގެ ދަށުން ވާރޭފެން ނަގާ ރައްކާ ކުރާ ނިޒާމް 29 ރަށެއްގައި ވަނީ ގާއިމް ކުރައްވައިފައި ކަމަށެވެ. އިތުރު 61 ރަށެއްގައި ވާރޭފެން ނަގާ ރައްކާ ކުރާނެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ލޮނުފެނުން މީރުފެން އުފައްދާ ފެން ޕްލާންޓްތަކާއި އެކު ފެން ރައްކާ ކުރާ ތާނގީ 14 ރަށެއްގައި ބެހެއްޓުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.