ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: ޢުމަރު

ޢުމަރު ނަސީރު

މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމަށްފަހު ރާއްޖެއަށް ލިބިފައިވާ އެންމެބޮޑު ކުރިއެރުމަކީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ވެރިކަން ބަދަލުވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ޖުމްހޫރިއްޔަތަކަށް ވެރިކަން ބަދަލުވި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިފައިވާއިރު ރަސްކަމުގެ ހިލިހިލާގައި ބައެއް ގައުމުތައް އަދިވެސް ވަނީ ބަނދެވިފައި ކަމަށެވެ. އެފަދަ ގައުމުތަކުން ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ޚަރަދު ކުރަންޖެހިފައިވަނީ ޝާހީ ޢާއިލާއަށް ކަމަށް ޢުމަރު ވިދާޅުވިއެވެ.

"ދީނާއި، މިނިވަންކަމަށްފަހު ދިވެހީންނަށް ލިބުނު އެންމެބޮޑު ކުރިއެރުމަކީ ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް ވެރިކަން ބަދަލުވުން. ރަސްކަން މުޅީން އުވާލައި ޖުމްހޫރިއްޔާއަކަށް ވެރިކަން ބަދަލު ކުރެވުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައި. ބައެއް ގައުމުތައް އަދިވެސް ވަނީ ރަސްކަމުގެ ހިލިހިލާއިން ބަނދެވިފައި. ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް އެއް ފެމެލީއެއް ބެލެހެއްޓުމަށް އެދައުލަތްތަކުން ޚަރަދުކުރޭ،" ޢުމަރު ވިދާޅުވިއެވެ.

އެފަދަ ގައުމުތަކުގެ ބަޖެޓުން އެންމެ އާއިލާއަކަށް ބޮޑު އެއްޗެއް ޚަރަދުކުރިނަމަވެސް ރާއްޖެފަދަ ޖުމްހޫރީ ނިޒާމް އޮންނަ ގައުމުތަކުގެ ބަޖެޓުގެ ބޮޑުބައެއް އޮންނާނީ ސީދާ ރައްޔިތުންނަށެވެ. ރައްޔިތުންގެ ތަރައްގީއަށް ޚަރަދު ކުރުމަށެވެ. އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިފައިވާ ބޮޑު ބަޖެޓުން ވެސް ރަށްރަށުގައި ހިންގާ 950 އަށްވުރެ ގިނަ މަޝްރޫޢުތަކަށް ޚަރަދު ކުރުމަށްވަނީ ކަނޑައަޅައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.