އަންނަ އަހަރު ޢިއްޒުއްދީން ސްކޫލުގައި ކިޔަވައިދޭން ފަށާނެ: އެޑިޔުކޭޝަން

މާލޭގައި އަލަށް ހުޅުވާ ޢިއްޒުއްދީން ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ވިދާޅުވެފައިވަނީ ޢިއްޒުއްދީން ސްކޫލް ހިންގާނީ ކުރިން އެމްއީއެސް ހިންގި އިމާރާތުގައި ކަމަށެވެ. އަންނައަހަރު އިތުރު ސްކޫލެއް މާލޭގައި ހުޅުވައި ކިޔަވައިދެއްވަނީ މާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ކަމަށް އެމްޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޢިއްޒުއްދީން ސްކޫލަކީ ގްރޭޑު 1 އިން 10 އަކަށް ކިޔަވައިދޭ ސިންގަލް ސެޝަން ސްކޫލެކެވެ. އެހެންނަމަވެސް އަންނަ ދިރާސީ އަހަރު ފަށާއިރު އެސްކޫލުގައި ކިޔަވައިދޭނީ ގްރޭޑު 1 އިން 6 އަށް ކަމަށް އެޑުޔުކޭޝަނުން ވިދާޅުވިއެވެ. އެއީ ގްރޭޑު 1 އިން 4 އަށް ކޮންމެ ގުރޭޑެއްގައި 3 ކުލާހެވެ. އަދި ގްރޭޑު 5 އަދި 6 ގެ ކޮންމެ ގްރޭޑެއްގައި 2 ކުލާސް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ކޮންމެ ކުލާހެއްގައި ތިބޭނީ ގިނަވެގެން 25 ކުދިންނެވެ.

ގުރޭޑު 7 އިން 10 އަށް ގްރޭޑުތައް އިތުރު ކުރަން ފަށާނީ 2021 އިން ފެށިގެން ކޮންމެ އަހަރަކުން އަހަރަކުން ގުރޭޑު އިތުރުކުރާ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އެސްކޫލަށް ކުދިން ވެއްދުމުގައި ވެސް ޢަމަލުކުރާނީ މާލެސިޓީގެ އެހެން ސްކޫލްތަކަށް ވެސް ކުދިން ވައްދާ އުސޫލުންނެވެ. އަންނަ އަހަރަށް އެސްކޫލުގެ ގްރޭޑު 2 އިން ފެށިގެން 6 ކުދިން ވައްދަން ބޭނުންވާ މީހުން އެކަމަށް އެދި މިނިސްޓްރީއޮފް އެޑިޔުކޭޝަނަށް ސިޓީ ފޮނުވުމުގެ ފުރުސަތު މިހާރުވަނީ ހުޅާލައިފައެވެ. ކުދިން ވެއްދުމުގައި އިސްކަންދޭނީ ސިޓީ ލިބޭ ތަރުތީބުން ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.